ލ.ގަމުގައި ފުލުހުންނަށް ޚާއްސަ އެކޮމޮޑޭޝަން އިމާރާތެއް އިއްޔެ ހުޅުވައިފިއެވެ.
މި އިމާރާތް ހުޅުއްވައިދެއްވީ އެކަމަށްޓަކައި ލ.ގަމުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާނާއި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީ އެވެ. މި ރަސްމިއްޔާތުގައި ފުލުހުންގެ ސީނިއަރ އޮފިސަރުންނާއި އެކި ރޭންކުތަކުގެ ފުލުހުން ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަސީލަތްތައް ތަރައްގީކޮށް، އަތޮޅުތެރޭގެ ރަށްރަށުގައި ފުލުހުންގެ ޚިދުމަތް ފުޅާކުރުމަށްޓަކައި ގިނަގުނަ މަޝްރޫއުތަކެއް ހިންގަމުންނެވެ. އެގޮތުން މިފަދަ އެކޮމޮޑޭޝަން އިމާރާތްތަކުގެ ސަބަބުން ރަށްރަށުގައި ތިބެގެން ޚިދުމަތްދޭ ފުލުހުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިތަކަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް ފުލުހުން ބުނެއެވެ.
ގަމުގައި ފުލުހުންގެ އެކޮމޮޑޭޝަން އިމާރާތެއް ހުޅުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ