ރ. ކިނޮޅަސް ބޭރު ކަނޑުމަތިން އިއްޔެ ހަވީރު ފެނުނު ހަށިގަނޑު އޮތީ ޖިންސު ވެސް ވަކިނުކުރެވޭ ވަރަށް ކުނިވެފައި ކަމަށް ފުލުުހުން މިއަދު ބުންޏެވެ.
ވީކިހިނެއް؟ - މަރުވެފައި އޮތް މީހަކު އޮޔާދާ ކަމުގެ ރިޕޯޓެއް އިއްޔެ ހަވީރު 4:30 ހާއިރު ފުލުހުންނަށް ލިބިގެން، އެ ސަރަހައްދަށް ގޮސް އެ ހަށިގަނޑު ވަނީ ނަގައިފަ އެވެ.
ތަފްސީލް - ފުލުހުން މިއަދު ބުނީ އެ ހަށިގަނޑު ވަރަށް ބޮޑަށް ކުނިވެ ހަލާކުވެފައި އޮތުމުގެ ސަބަބުން ޖިންސް މިހާތަނަށް ދެނެގަނެވިފައި ނުވާ ކަމަށެވެ.
ތަހުގީގަށް ބޭނުންވާ ފޮރެންސިކް ސާމްޕަލް ނެގުމާއި ތަހުގީގުގެ ތެރެއިން ފުރިހަމަކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަ ކުރެމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ކަނޑުން ފެނުނު ހަށިގަނޑު އޮތީ ކާކު ކަމާއި ޖިންސު ވެސް ނޭނގޭ ވަރަށް ކުނިވެފައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ