ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ އެންމެމޮޅު އަންހެން އެތްލީޓަކަށް އަހުނާ، އަންހެން ޗެމްޕިއަން ޓީމަކަށް ޖަލާލުއްދީން ސްކޫލް

ހދ. ކުޅުދުއްފުށި ސިޓީގައި ކުރިއަށްދިޔަ އެސްޓީއޯ މަކިޓާ ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް 2023ގެ އެންމެމޮޅު އަންހެން އެތްލީޓަކަށް އިބްރާހިމް ނާހިލް ނިޒާރާއި އަހުނާ ނިޒާރު ހޮވިއްޖެއެވެ.
މި ހިނގާ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށް ބޭއްވި މި މުބާރާތުގެ އެންމެމޮޅު އަންހެން އެތްލީޓަކަށް ހޮވުނު ޖަލާލުއްދީން ސްކޫލުގެ އަހުނާއަކީ ގައުމީ ޓީމުގައި ވެސް ހިމެނޭ އެތްލީޓެކެވެ. އަދި އެންމެ މޮޅު ފިރިހެން އެތުލީޓަކަށް ހޮވުނު ނާހިލް އަކީ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ އެތްލީޓެކެވެ. އޭނާ އަކީ ވެސް ގައުމީ ޓީމުގެ މެމްބަރެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ