ވުޖޫދުގައި ނުވެސް ނެތް ކަންކަމާ ގުޅުވައިގެން ކަލަގޮވުން ނޫންކަމެއް މިސަރުކާރުން ނުކުރާކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު ވިދާޅުވެއްޖެއެވެ.
"ބިންވެރިޔާ ސްކީމް"ގެ ދަށުން ގޯއްޗަށް ހުށައެޅި ފަރާތްތަކުގެ ތެރެއިން ގޯތި ލިބޭ މީހުން ހިމެނޭ، ވަގުތީ ލިސްޓް ސަރުކާރުން އިއްޔެ އާންމުކުރުމާއި ގުޅިގެން އެކަމަށްޓަކައި، ސަރުކާރަށް ތައުރީފުކޮށް ސޯޝަލް މީޑިއާގައި ސަރުކާރުގެ އިސްވެރިން ވާހަކަ ދައްކަވަމުން ގެންދާތީ، އެކަމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި މެމްބަރު ވަހީދު ވިދާޅުވީ، ބޯހިޔާވަހިކަމަށް އެދެން ހުޅުވާލުމުން ކުރިމަތިލާ މީހުންގެ ދިގު ލިސްޓުވެސް މިސަރުކާރަށް ފެންނަނީ ގޯތި ދީ ނިންމާފައިވާ މީހުންގެ ގޮތުގައި ކަމަށެވެ.
އަދި މިސަރުކާރަށް އަމީނީމަގު އެންމެ ސެގްމަންޓެއްވެސް ވަނީ ބޮޑު މެގަޕްރޮޖެކްޓަކަށް ކަމަށާއި، ބޯހިޔާވަހިކަމަށް އެދެން ހުޅުވާލުމުން ކުރިމަތިލާ މީހުންގެ ދިގު ލިސްޓުވެސް ފެންނަނީ ގޯތި ދީ ނިންމާފައި ތިބިހާ މީހުން ގޮތަށް ކަމަށް މެމްބަރު ވިދާޅުވިއެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް ހުށައެޅި ފަރާތްތަކުގެ ތެރެއިން، 19،857 މީހުން ހުށައެޅި، 12،794 ފޯމު ވަނީ ޝަރުޠު ހަމަވެފައެވެ. އަދި ޝަރުޠު ހަމަވެފައިވާ ފަރާތްތަކުގެ ތެރެއިން ވަކިން ފޯމްހުށައަޅައިފައިވާ ފަރާތްތަކަށް ޖޮއިންޓްވުމުގެ ފުރުޞަތުވެސް މިހާރު ވަނީ ދީފައެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން އިއްޔެ އިޢުލާނުކުރި ލިސްޓްގައި ގޯތި ލިބޭ މީހުންގެ ތެރޭގައި 10،314 މީހުން ހިމެނިފައިވެއެވެ. އަދި ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުޞަތު ޖުލައިމަހުގެ 15 ވަނަ ދުވަހާއި ހަމައަށް ވަނީ ހުޅުވާލާފައެވެ.
މާލެ ސަރަޙައްދުން ބަންޑާރަ ގޯތި ދޫކުރުމަށް ހިންގާ "ބިންވެރިޔާ" ސްކީމަކީ، މިހާތަނަށް ރާއްޖޭގައި ހިންގާ ބަންޑާރަ ގޯތި ދޫކުރުމުގެ އެންމެ ބޮޑު ޕްރޮގްރާމްކަމުގައި ވާއިރު، އިއްޔެ އާންމުކުރި ލިސްޓާއި ބެހޭގޮތުން އާއްމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އާންމުންގެ ޝަކުވާއަކީ، މާލޭގެ ނިކަމެތިންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ކުރިއަށް ގެންދިޔަ މަޝްރޫއުއްގެ ދަށުން ސަރުކާރުގެ އިސްވެރިންނަށް ވެސް ބޯހިޔާވަހިކަން ލިބިފައިވުމެވެ. އިއްޔެ ނެރުނު ވަގުތީ ލިސްޓުގައި، ވާގޮތުން ސަރުކާރުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމާއި، އޭނާގެ ފިރިކަލުން އަހުމަދު ނާޝިޒްއަށް ވެސް ގޯތި ލިބެއެވެ.
ވުޖޫދުގައި ނުވެސް ނެތް ކަންކަމާ ގުޅުވައިގެން ކަލަގޮވުން ނޫންކަމެއް މި ސަރުކާރުން ނުކުރޭ: މެމްބަރު ވަހީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ