ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒް ވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ތ.ތިމަރަފުށީ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް، އަބްދުﷲ ރިޔާޒަށް ވިކިފައި ކަމަށް އެ ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ, މުޙައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރު މުޙައްމަދު ޝިފާޒް އާއި ތިމަރަފުށީ ދާއިރާއިން އެމްޑީޕީ ޕްރައިމަރީގައި ވާދަކޮށް ބަލިވި، ދާއިރާގެ ރައީސް އަންވަރާއި ޖޭޕީއިން ތިމަރަފުށީ ދާއިރާއަށް ވާދަކުރައްވާ, އަބްދުﷲ ރިޔާޒް އެއް ކޮފީ މޭޒެއްގައި ތިބެ ނަގާފައިވާ ފޮޓޯ އަކާއި އެކު މުސްތަފާ ކުރެއްވި ޓްވީޓުގައި ވިދާޅުވީ، ތިމަރަފުށީ ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓަކީ ހުދު އޭނާ ކަމަށާއި ނަމަވެސް އެމްޑީޕީ ޕްރައިމަރީން ބަލިވި އަންވަރާއި އެމްޑީޕީގެ ނައިބު ރައީސް ޝިފާޒް އެތިބީ ވިކިގެން ބާޤީ އަބްދުﷲ ރިޔާޒް އާއި އެކުގައި ކަމަށެވެ.
"އެމްޑީޕީ ޕްރައިމަރީގައި ބަލިވި ދާއިރާގެ ރައީސް އަންވަރު، އަދި އެމްޑީޕީގެ ރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރު ޝިފާޒް އެތިބީ ވިކިގެން ބާޤީ އަބްދުﷲ ރިޔާޒް އާއި އެކީ" މުސްތަފާގެ ޓްވީޓުގައިވެއެވެ.
މީގެ އިތުރުން އެ ފޮޓޯއިން ޝިފާޒް އާއި އަންވަރު، އެމްޑީޕީއަށް ހުރި އިޙްލާސްތެރިކަން ވަރަށް ރަނގަޅަށް ހާމަވާ ކަމުގައިވެސް މުސްތަފާ ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވެއެވެ.
އެމްޑީޕީއަކީ އަންނަ އޭޕްރީލް މަހުގެ 6 ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެންމެ ގިނަ ދާއިރާއަށް ވާދަކުރައްވާ ސިޔާސީ ޕާޓީވެސް މެއެވެ. އެގޮތުން މަޖިލިސް އިންތިހާބުގައި އެއް ދާއިރާ ފިޔަވާ އެހެން ހުރިހާ ދާއިރާއަކަށް އެ ޕާޓީއިން ވާދަ ކުރެއެވެ.
އެމްޑީޕީގެ ނައިބު ރައީސް ޝިފާޒް ވަނީ އަބްދުﷲ ރިޔާޒަށް ވިކިފައި : މުސްތަފާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ