ނަޒާހަތްތެރި މަޖިލީހެއް އިންތިހާބު ކުރެވޭނީ، ނަޒާހަތްތެރި މާހައުލެއް އޮވެގެން: މައުމޫން

ނަޒާހަތްތެރި މަޖިލީހެއް އިންތިޚާބު ކުރެވިގެންދާނީ، ނަޒާހަތްތެރި މާހައުލެއް އޮވެގެން ކަމުގައި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ސަޕޯޓަރުންނާއި އެކު މިރޭ ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މައުމޫން ވިދާޅުވީ އެމްއާރްއެމް އަކީ ކޯލިޝަންގެ ބައިވެރިއަކަށް ވީއިރު، އެމްއާރްއެމް އޮންނާނީ ކޯލިޝަންގެ ތެރޭގައި ކަމަށާއި، އެވާހަކަ ރައީސް ޞާލިހަށްވެސް ދަންވާފައި ވާނެ ކަމަށެވެ.
މީގެ އިތުރުން ކަންކަން އިސްލާހް ކުރުމުގެ މަސައްކަތް އަދިވެސް ކުރަން ޖެހޭ ކަމަށާއި އިންތިޚާބުގެ ކަންކަން ވެސް މިއަށް ވުރެ ރަނގަޅަށް ދާނެ ގޮތައް ކަންކަން ރާވަން ޖެހޭ ކަމަށެވެ.
“ސިޔާސީ މައިދާނުގައި ވަކިކަމެއް ވުމުން އެއީ މަސައްކަތް ހުއްޓާލަން ޖެހޭ ކަމެއް ނޫން. އުއްމީދު ގެއްލުވާ ނުލައްވާ އަނެއްކާވެސް މަސައްކަތް ކުރައްވަންވީ.” މައުމޫން ވިދާޅުވިއެވެ.
މަޖިލިސް އިންތިޚާބުގައި މައުމޫންގެ ތާއީދާއި އެކު 20 ބޭފުޅުން ވާދަކުރެއްވިއެވެ. އޭގެ ތެރޭގައި މައުމޫންގެ ދަރިކަލުން ފާރިސް މައުމޫނާއި، ރައްޔިތުން މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހްމަދު ނާޒިމާއި، މައުމޫންގެ އަރިސް ބޭކަނބަލެއް ކަމަށްވާ ފާތިމަތު ނާދިރާ ވެސް ހިމެނިވަޑައިގަންނަވާއިރު، އިންތިޚާބު ކާމިޔާބު ކުރެވުނީ ނިލަންދޫ ދާއިރާ އަށް ވާދަކުރެއްވި އަބްދުލް މުހްސިން ހަމީދު (ޖޭފޯ) އަށް އެކަންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ