އަބްދުﷲ ރިޔާޒު ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
ކުރީގެ ޕޮލިސް ކޮމިޝަނަރު، ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ފުލުހުންގެ ތަހުގީގަކަށް ފޯނު ހުޅުވައިނުދިން މައްސަލާގައި ކުށްވެރިނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލްކޮށް، އޭނާ ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމަށް ހައި ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ. ރިޔާޒާ ދެކޮޅަށް ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފްކުރި މައްސަލައަކީ މިދިޔަ އަހަރު ކޯޓު އަމުރެއްގެ ދަށުން އޭނާ ފޯނު ހިފަހައްޓައި، ފޯނު ހުޅުވަން އެންގުމުން އެކަން އޭނާ ނުކުރި މައްސަލަ އެވެ. އެ މައްސަލާގައި ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސް އެޅުމުގެ ދައުވާ ރިޔާޒްގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލުމުން އެ ކޯޓުން ނިންމީ ރިޔާޒްގެ މައްޗަށް އެ ދައުވާ ސާބިތުނުވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ