ދިވެހި ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މުވާސަލާތީ އަދި ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދޭ ކުންފުނި ދިރާގުގެ ޑިޖިޓަލް ވޮލެޓްގެ ހިދުމަތް ކަމަށްވާ ދިރާގު ޕޭގެ މުޅިން އާ ޕްރޮމޯޝަނެއް ފަށައިފިއެވެ.
މޯބައިލް ފޯނާއި އެން.އެފް.ސީ ބޭނުންކޮށްގެން ތަކެއްޗާއި ހިދުމަތްތަކަށް ފަސޭހައިން ފައިސާ ދެއްކޭނެ ގޮތާއި ފައިސާ ޖަމާކުރުމާއި ފައިސާ ނެގޭނެ ގޮތަށް ތައާރަފުކޮށްފައިވާ ދިރާގު ޕޭގެ މި ޕްރޮމޯޝަންގެ ދަށުން އެ ހިދުމަތް މެދުވެރިކޮށް 25 ޓެކްސީ ދަތުރަށް ދިރާގު ޕޭ މެދުވެރިކޮށް ފައިސާ ދެއްކުމުން އޮޓޮމެޓިކުން ގުރުއަތުގައި ބައިވެރިވެވޭނެއެވެ. އަދި މި ގުރުއަތުން ހޮވޭ ނަސީބުވެރި 10 ކަސްޓަމަރުންނަށް ދިރާގު ޕޭ ވޮލެޓަށް 1500ރ. ގެ ކޭޝް ލިބޭނެއެވެ.
މި ޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ހަމައެކަނި މާލޭގައެވެ. އަދި މި ޕްރޮމޯޝަން ކުރިއަށް ދާނީ ޖޫން މަހުގެ ނިޔަލަށެވެ.
ދިރާގު ޕޭ ތައާރަފްކޮށްފައި ވަނީ މިދިޔަ އަހަރު އޮކްޓޯބަރ މަހުއެވެ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ފައިސާ ދެއްކުމުން 1500ރ. ލިބުމުގެ ފުރުސަތު!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ