ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ކުނި ނަގައި އުކާލުމުގެ މަސައްކަތް ކުރަމުންދިޔަ ދެ ބިދޭސީއަކު ހައްޔަރުކޮށްފި

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 39 އަހަރުގެ އެމްޑީ މޮނިރް އާއި 43 އަހަރުގެ އެމްޑީ ހަބީބު އުލާހްއެވެ.
ފުލުހުން ބުނި ގޮތުގައި މި ދެ މީހުންގެ އަމަލަކީ ދިވެހިރާއްޖޭގެ އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނާއި، ކުނި މެނޭޖުކުރުމުގެ ގާނޫނުގެ އިތުރުން އިމިގްރޭޝަން ގާނޫނާއި ވަޒީފާއާބެހޭ ގާނޫނާވެސް ހިލާފު އަމަލެކެވެ. އެހެންކަމުން، އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމަށްޓަކައި މިހާރު އެ ދެ މީހުން ވަނީ މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ