ޖީއެމްއާރަށް ފައިސާ ދައްކަން ނުޖެހުނު ނަމަ ކާޑުގެ އަގު ހެޔޮ ކުރެވުނީސް - މިނިސްޓަރ ސައީދު

ކުރީގެ ނަޝީދުގެ ސަރުކާރުގެ ޢަމަލުތަކުގެ ސަބަބުން ޖީއެމްއާރަށް ފައިސާ ދައްކަން ނުޖެހުނު ނަމަ ކާޑުގެ އަގު ހެޔޮ ކުރެވުނީސް ކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ރޭ ޕީއެސްއެމް ނިއުސްއިން ގެނެސްދިން "ހެޔޮއަގު" ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ސައީދު ވިދާޅުވީ ކުރީގެ ރައީސް މުޙަންމަދު ނަޝީދުގެ ސަރުކާރުގެ ޢަމަލުތަކުގެ ސަބަބުން ވެލާނާ އެއަރޕޯޓްގެ މައްސަލައިގައި ޖީއެމްއާރަށް 1.1 ބިލިއަން ރުފިޔާ ދައްކަން ނުޖެހުނު ނަމަ އެ ފައިސާ އަކީވެސް ސަރުކާރުގެ ރިޒާވްގައި އެހެން މުހިންމު ކަންކަމަށް ބޭނުންކުރަން ހުންނާނެ ފައިސާ ކަމަށެވެ.
"އެއަރޕޯޓްގެ މައްސަލައިގައި ޖީއެމްއާރަށް 1.1 ބިލިއަން ރުފިޔާ ދައްކަން ނުޖެހުނު ނަމަ ކާޑު އަގޮހެޔޮކުރުންފަދަ އެތައްކަމެއް އެ ފައިސާއިން ކުރެވުނީސް" މިނިސްޓަރ ސައީދު ވިދާޅުވިއެވެ.
މިނިސްޓަރ ސައީދު ވަނީ ކުރީގެ ސަރުކާރުތަކާ ޚިލާފަށް މުދަލާއި ޚިދުމަތުގެ އަގުތައް ހެޔޮކުރުމަށާއި، އެކިއެކި ކަންކަމުގައި ރައްޔިތުންނަށް ލުއި ފަސޭހަކުރުމަށް ރައީސް ޔާމީންގެ ސަރުކާރުން ކުރަމުންދާ ކަންކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.
އަދިވެސް ޤަވާޢިދާ ޚިލާފަށް ބައެއް ފަރާތްތަކުން ކާޑުގެ ބާވަތްތައް ވިއްކަމުންދާ މައްސަލަތައް ފާހަގަކުރެވިފައިވާތީ އެކަމަށް އިޝާރާތްކުރައްވައި މިނިސްޓަރު ވިދާޅުވީ އެފަރާތްތަކާއިގުޅޭ މައްސަލަތައް ހުށައެޅުމަށް މިހާރު ހޮޓްލައިނެއް ޤާއިމުކޮށްފައިވާނެކަމަށެވެ.
"ޤަވާޢިދާ ޚިލާފަ ބައެއް ފަރާތްތަކުން ކާޑުގެ ބާވަތްތައް ވިއްކަމުންދާމައްސަލަތައް ފާހަގަކުރެވިފައި, އެ ހޮޓްލައިން މެދުވެރިކޮށް އަންގާރަ ދުވަހުންފެށިގެން ޢާއްމުންނަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލާނެ" މިނިސްޓަރު ވިދާޅުވިއެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ޖީއެމްއާރާއެކު ހެދި އެއްބަސްވުން ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުން ވަނީ އެއީ އުފެދުމުގައި ވެސް ބާތިލް އެއްބަސްވުމެއް ކަމަށް ބުނެ ނޮވެމްބަރު 27، 2012ގައި އުވާލައި، އެއާޕޯޓް އަލުން ހިންގަން ހަވާލުވެފައެވެ.
ނަމަވެސް އެ މައްސަލަ ޖީއެމްއާރުން ސިންގަޕޫރުގެ އާބިޓްރޭޝަން ސެންޓަރަށް ހުށަހެޅުމުން 2016 ވަނަ އަހަރުގެ ފަހުކޮޅު ނިންމާފައި ވަނީ އެ އެއްބަސްވުން ސަރުކާރުން ބާތިލުކޮށްފައި ވަނީ އެއްބަސްވުމާ ހިލާފަށް ކަމަށެވެ. އަދި އެކަމުގެ ބަދަލުގެ ގޮތުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީން ވަނީ 271 މިލިއަން ޑޮލަރު (4.1 ބިލިއަން ރުފިޔާ) ޖީއެމްއާރަށް އެއްފަހަރާ ދައްކައި ހަލާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ