މިހާރު ޖުވެނައިލް ކޯޓުގެ ގާޒީކަން ކުރައްވަމުން ގެންދަވާ ގާޒީ އަބްދުލް ބާރީ ޔޫސުފް އެއާޕޯޓު މުވައްޒިފުންގެ ޝަކުވާ ދައުލަތުގެ އިސްވެރިންނަށް ހުށަހެޅުމުން އެކަމާ އަޅާނުލި މީހުން ރޮއްވާލާނެ ބުނެ އިންޒާރެއް ދެއްވައިފި އެވެ.
ގާޒީ ބާރީ މިއަދު ފޭސްބުކްގައި ކުރެއްވި ފޯސްޓެއްގައި ވިދާޅުވެފައިވަނީ އެއާޕޯޓްގެ ޑޮމެސްޓިކް ޓާމިނަލްގައި ޗެކް ކުރާ ގުރޫޕްގައި އުޅެނީ ވަރަށް ޒާތީ ބައެއް ކަމަށާއި މީގެކުރިން އެތަނުގައި ހުރި މީހަކު ބޭއަދަބީ އަމަލެއް ހިންގައިގެން ދައުލަތުގެ އިސްވެރިންނަށް އޭނާ ޝަކުވާ ހުށަހެޅުއްވެވި ކަމަށާއި އެހެންނަަމަވެސް އެކަމާ އަޅާނުލާާކަމަށެވެ،
މީގެ ކުރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ ކަންވެސް ކުރައްވާފައިވާާ ބާރީ މިޕޯސްޓްގައި އިތުރަށް ވިދާޅުވީ މިއަދުވެސް ކުރިން ކަންތައް ހިނގިގޮތަށް ކަންތައްކޮށްފައިވާކަމަށާއި އިސްވެރިންނަށް އެ ވާހަކަ ދެންނެވުމުން ކުރަނީ ވެސް މަލާމާތް ކަމަށެވެ. މީގެ އިތުރުން މިޕޯސްޓްގައި ބާރީ ވިދާޅުވެފައިވަނީ ކޮންމެ މީހަކަށް ވެސް ދުވަހެއް އަންނާނެ ކަމަށާއި އޭނާގެ ޝަކުވާއާމެދު އަޅާނުލި މީހުން އެ ދުވަހުން ރޮއްވާލާނެ ކަމަށެވެ.
އަދި ފަހުން ގާޒީ ބާރީ ކުރެއްވި ޓްވީޓެއްގައި އެއާޕޯޓް މީހުން ފާސްކުރަން ތިބޭ މީހުންގެ އެންމެ އިސްމީހާގެ މައުލޫމާތު އެނގޭ މީހެއްނަމަ އެ މައުލޫމާތެއް ހިއްސާކޮށް ދެއްވުމަށް ވެސް އެދިވަޑައިގެންފައި ވެއެވެ.
ޝަކުވާއާމެދު އަޅާނުލި މީހުން އެ ދުވަހުން ރޮއްވާލާނެ - ގާޒީ ބާރީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ