ގާސިމުގެ ވިލާ ކުންފުނީގެ ފަސް މައްސަލައެއް ސުޕްރީމް ކޯޓުގައި ތާވަލުކޮށްފި

ޖުމުހޫރީ ޕާޓީގެ ލީޑަރު އަދި މަޝްހޫރު ވިޔަފާރިވެރިއާ ގާސިމުގެ ވިލާ ކުންފުންޏާއި ގުޅޭ ފަސް މައްސަލައެއް ސުޕްރީމް ކޯޓުގައި ތާވަލު ކޮށްފި އެވެ.
ސުޕްރީމު ކޯޓުގައި މި ފަސް މައްސަލަ ވެސް ތާވަލު ކޮށްފައިވަނީ ބުރާސްފަތި ދުވަހަށެވެ.
ސުޕްރީމު ކޯޓުގައި ތައާވަލު ކުރި މައްސަލަ ތަކުގެ ތެރޭގައި ހިމެނެނީ އެއްބަސްވުމާ ހިލާފު އުފެދިގެން ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާ އަކާއި ފައިސާ ހޯދުމަށް މާނެންފުށި ޕްރައިވެޓް ލިމިޓެޑް، ވިލާ ބިލްޑިންގގެ މައްޗަށް ދައުލަތުން ކުރާ ދައުވާއެއްގެ އިތުރުން އެއްބަސްވުމާއި ޚިލާފު ބާޠިލު އެންގުމެއްކަމަށް އަމުރުކޮށްދިނުމަށް އެދި ގަޒިރާ ޕްރައިވެޓް ލިމިޓެޑް، ވިލާ ބިލްޑިންގ ގެ މައްޗަށް ދައުލަތުން ދައުވާ ކުރާ މައްސަލައެކެވެ.
މީގެ އިތުރުން ވިލާ ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑްގެ އެއްބަސްވުމާއި ހިލާފު އުފެދިގެން ދައުލަތުން ދައުވާ ކުރާ މައްސަލައަކާއި ވިލާ ހޮޓެލްސް އެންޑް ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ދައުލަތުން ކުރާ ވިޔަފާރީގެ ދައުވާގެ މައްސަލައެކެވެ.
މި މައްސަލަތަށް ސްޕްރީމު ކޯޓުގައި ތައާވަލު ކުރި އިރު ގާސިމް އިސްވެހުރެ ވެރިކަން ވައްޓާލަން އުޅުނު ކަމަށާއި، އެކަމުގެ އަޑީގައި ހުންނެވީ ގާސިމް އިބްރާހިމް ކަމަށް ވިދާޅުވެ ސަރުކާރުން ދަނީ ބޮޑެތި ތުހުމަތު ތަކެއް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ