މެމްބަރު އިލްހާމްވެސް ކޯޓުން ދޫކޮށްލައިފި

ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު، ކްރިމިނަލް ކޯޓުން ދޫކޮށްލައިފިއެވެ.
އިލްހާމް ދޫކޮށްލާފައިވަނީ ބަންދުގެ މުއްދަތު ޖެހުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުންނެވެ.
އިލްހާމްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާންވެސް މިއަދު ކޯޓުން ވަނީ ދޫކޮށްލާފައެވެ.
ފުލުހުން، މެންބަރު އިލްހާމް އާއި ސިނާން ހައްޔަރުކޮށްފައިވަނީ އެ ދެ ބޭފުޅުން ރާއްޖެ ވަޑައިގަތުމުންނެވެ. ރާއްޖެއިން ބޭރުގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވުމަށްފަހު މެންބަރު އިލްހާމް އާއި ސިނާން ރާއްޖެ ވަޑައިގަތީ އިއްޔެއެވެ.
އެކަމާ ގުޅޭ ގޮތުން ފުލުހުން މީގެ ކުރިން ބުނީ ސިނާން އާއި އިލްހާމް ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
އިލްހާމް އާއި ސިނާން އިއްޔެ ހައްޔަރުކުރިއިރު އެ ދެ ބޭފުޅުން ހޯދަން މިދިޔަ މަހުގެ 31 ވަނަ ދުވަހު ފުލުހުން ވަނީ އިއުލާނުކޮށްފައެވެ.
އެ ދެ ބޭފުޅުން ހޯދަނީ، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނުގެ މައްޗަށް ކުރެވޭ ރިޝްވަތުގެ ތުހުމަތާއި ގުޅިގެންނެވެ.
މިދިޔަ މަހުގެ 31 ވަނަ ދުވަހުން ފެށިގެން 14 ދުވަހުގެ ތެރޭގައި، އެ ދެ ބޭފުޅުން ފުލުހަށް ހާޒިރުވާން ފުލުހުން ވަނީ އަންގާ އިއުލާނުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ