ހިނިފުޅުވަޑުވައިގެން ނުއިންނަވާ, ދެން ނަގާ ރާޅު މާ ބޮޑުވާނެ: މެމްބަރު މަހްލޫފް

އިދިކޮޅު ސިޔާސީ ފަރާތްތަކުން ކުރަމުންދާ މަސައްކަތްތައް އަދި ނުނިމޭ ކަމަށާއި ދެން ނަގާ ރާޅު ބޮޑުވާނެ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.
ހިނިފުޅު ވަޑުވައިގެން ނުތިއްބެވުމަށް ރައީސް ޔާމީނަށާއި އެމަނިކުފާނުގެ ސަރުކާރަށް އިންޒާރު ދެއްވަމުން މަހުލޫފް ވިދާޅުވީ އިދިކޮޅު ސިޔާސީ ފަރާތްތަކުން ކުރަމުންދާ މަސައްކަތްތައް އަދި ނުނިމޭ ކަމަށާއި ދެން ނަގާ ރާޅު ބޮޑުވަނެ ކަމަށެވެ.
މަހުލޫފު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ހުރިހާ ކަމެއް ކުރަމުން ދަނީ ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ. ނަމަވެސް އިދިކޮޅު ފަރާތްތައް ހުއްޓުވުމަށް ރައީސް އަބްދުﷲ ޔާމީން ހުރިހާ ކަމެއް ވެސް ކުރައްވަނީ ގާނޫނުން ބޭރުން ކަމަށެވެ. އަދި ރައީސް ޔާމީންގެ އެ މަސައްކަތްތަކުގައި ބައިވެރިވާ ފަރާތްތަކުން އެކަމުގެ ހިތިރަހަ ދެކޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ގަނޫނީ އިމުގެ ތެރެއިން ޔާމީނާ ދެކޮޅަށް ކުރި ކޮންމެ ކަމެއް އޭނާ ހުއްޓުވީ ގާނޫނާ ހިލާފަށް. މަޖިލިސް ތަޅުއެޅުވުން, ސުޕްރީމުކޯޓުގެ ދޮރު ވައްޓާލުން އެއީ ބައެއް މިސާލު, ބައިވެރިން މިކަމުގެ ހިތިރަހަ ދެކޭނެ. ޔާމީން ހިނިއައިއްސަ ނުއިންނަވާ, އަދި ނުނިމޭ, ދެން ނަގާ ރާޅު މާބޮޑުވާނެ." މަހުްލޫފުގެ ޓްވީޓުގައި ވެއެވެ.
އިދިކޮޅު ލީޑަރުން މިނިވަން ކުރުމަށާއި މަޖިލީހުގެ މެންބަރުންގެ ގޮނޑިތައް ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރު ރޭ އެކޯޓުގެ ތިން ފަނޑިޔާރަކުވަނީ ބަދަލުކޮށްފައެވެ. އެގޮތުން ރޭ ނެރުނު އަމުރުގައި ވަނީ އިދިކޮޅު ލީޑަރުން މިނިވަން ކުރަން ނުޖެހޭ ގޮތަށާއި ޖެއެސްސީއަށް ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލަތައް ވެސް ބެލޭނެ ގޮތަށް ކަނޑައަޅާފައެވެ.
ނަމަވެސް މިގެ ކުރިން ނެރުނު އަމުރު ނެރެފައިވަނީވެސް އެ ތިން ފަނޑިޔާރުންގެ ވެސް އިއްތިފާގާއެކީގައި ކަން ފާހަގަކޮށްލެވޭ މި މައްސަލާގައި އިދިކޮޅު ފަރާތްތަކުން ދަނީ އެކަމާ މެދު ސުވާލު އުފައްދަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ