ނ އަތޮޅު ގުރުއާން މުބާރާތުން 1 ވަނަ ހޮޅުދޫ މޭނާ ސްކޫލް ހޯދައިފި
ނ އަތޮޅު ކައުންސިލްގެ ހަތަރުވަނަ އަތޮޅު ގުރުއާން ކިޔެވުމުގެ މުބާރާތުގެ އެއްވަނަ ސްކޫލަކަށް ހޮޅުދޫ މޭނާ ސްކޫލް ހޮވިއްޖެއެވެ.
މުބާރާތުގެ އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ މޭނާ ސްކޫލްގެ ދަރިވަރު، ނ.ހޮޅުދޫ މެރީ ކޯނަރ، ފާތިމަތު ސާހާ ހުސައިންނެވެ. ނ އަތޮޅު ހަތަރުވަނަ އަތޮޅު ގުރުއާން މުބާރާތް މިއަހަރު ބާއްވާފައިވަނީ ނ.ވެލިދޫގައެވެ.
ނ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ މިމުބާރާތުގައި އަތޮޅުގެ އެކިރަށްރަށުން، ތޭރަ އުމުރުފުރާ އަކުން، ފަސްދޮޅަސް ހަތް ދަރިވަރަކު ބައިވެރިވެ، ގުރުއާން ކިޔަވާފައިވެއެވެ.
ނ އަތޮޅު ކައުންސިލުން ބުނީ، މިއަހަރުގެ މުބާރާތް ކުރިއަށް ދިޔަ ގޮތާއިމެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށާއި، ގައުމީ ގުރުއާން މުބާރާތުން ނ އަތޮޅަށް ރަގަޅު ކާމިޔާބީ ތަކެއް ލިބިގެންދާނެކަމަށް ވަރަށް ބޮޑަށް އުންމީދު ކުރެވޭ ކަމަށެވެ.
ވެލިދޫގައި ހުންނަ ނއަތޮޅު ތަޢުލީމީ މަރުކަޒުގައި ކުރިއަށްދިޔަ މިމުބާރާތުގައި ވާދަކޮށްގެން ހަތްދިހަ ފަސް ޕޮއިންޓުން މަތިން މާކްސް ލިބޭ ފަނަރަ ދަރިވަރަކަށް މާލޭގައި ބާއްވާ ޤައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނޭކަމަށްވެސް ނ.އަތޮޅު ކައުންސިލުން މައުލޫމާތުދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ