ސްޕޯޓްސް ކޮމިޝަނަރު ކަމަށް ޢަލީ އުމަރު

ސްޕޯޓްސް ކޮމިޝަނަރުގެ މަގާމަށް އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރު އަދި ކުރީގެ މައްޝޫރު ފޯވާޑް، ޢަލީ އުމަރު އައްޔަންކޮށްފިއެވެ.
ރާއްޖޭގެ އުފެދުނު އެންމެ މޮޅު ފޯވާޑުންގެ ތެރޭގައި ހިމެނޭ އަލީ އުމަރު ކޮމިޝަނަރުގެ މަގާމަށް އައްޔަން ކޮށްފައިވަނީ  މީގެ ކުރިން އެ މަގާމުގައި ހުރި އަހްމަދު ނަޝީދު (ޑޭވް) އެ މަގާމުން މިދިޔަ އަހަރު ޑިސެމްބަރު މަހު އިސްތިއުފާ ދެއްވުމުންނެވެ.
ކްލަބު ވެލެންސިޔާ އިން ފުޓްބޯޅަ ކެރިއަރު ފެށި އަލީ އުމަރު ވަނީ ވީބީ އައްޑޫ އެފްސީ އާއި ނިއު ރޭޑިއަންޓަށް ވެސް ކުޅެ ގިނަ ކާމީޔާތަކެއް ހާސިލްކޮށްފައެވެ.
އަލީ އުމަރު، ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމަށް ކުޅެންފަށާފައިވަނީ 1999 ވަނަ އަހަރު އެވެ. އޭނާ ވަނީ 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ރާއްޖޭގެ ގައުމީ ޓީމުން ކާމިޔާބުކުރި ޓީމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ