ޣައްސާން ރާއްޖޭން ބޭރަށް ނުފުރުމަށް ކޯޓުން އަމުރުކޮށްފި

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން މުހައްމަދު ޣައްސާން މައުމޫން ރާއްޖޭން ބޭރަށް ދިއުން މިއަދުން ފެށިގެން އެއް މަސް ދުވަހުގެ މުއްދަތަށް ކްރިމިނަލް ކޯޓުން މަނާކޮށް އަމުރު ނެރެފި އެވެ.
ކޯޓުގެ އޮފިޝަލަކު ވިދާޅުވީ ޣައްސާން ގައުމުން ބޭރަށް ވަޑައިގަތުން މަނާކުރީ ފުލުހުން އެކަމަށް ހުށަހެޅުމުން ކަމަށެވެ.
ޕޮލިހުންގެ މީޑިއާ އޮފިޝަލް ސަބް އިންސްޕެކްޓަރު އަހްމަދު ޝިޔާމް ވިދާޅުވީ ޣައްސާން ރާއްޖޭން ބޭރަށް ވަޑައިގަތުން މަނާކުރުމުގެ އަމުރަކަށް އެދުނީ، އެންދެރިމާގޭ ކައިރި އަށް މީހުން އެއްވެ ހިންގި ހަމަނުޖެހުމާ ގުޅިގެން ޣައްސާންގެ މައްޗަށް ތުހްމަތުކޮށްފައިވާ ކަންތަކެއް ބަލަމުންދާތީ ކަމަށެވެ.
މި މައްސަލައިގައި ފުލުހުން އިއްޔެ ޣައްސާން ހައްޔަރުކޮށް ދޫނިދޫ އަށް ވެސް ގެންދިޔަ އެވެ. އޭނާ ފުލުހުންގެ ބަންދުން ދޫކޮށްލީ، އޭނާ ހައްޔަރުކޮށްފައިވަނީ ގާނޫނުއަސާސީ ހިލާފަށް ކަމަށް ކޯޓުން ކަނޑައެޅުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ