މާލޭގައި ފުރަތަމަ ފަހަރަށް ބާއްވާ ބޯޓް ޝޯ އާއި އިމާރާތްކުރުމުގެ ދާއިރާ އަށް އަމާޒުކޮށްގެން ބާއްވާ އެބެކްސް (އާކިޓެކްޗާ، ބިލްޑިން އެގްޒެބިޝަން) ފެއާ މާދަމާ ހަވީރު ދަރުބާރުގޭގައި ހުޅުވާ ގޮތަށް ހަމަޖައްސައިފި އެވެ.
މޯލްޑިވްސް އެގްޒެބިޝަން އެންޑް ކޮންފަރެންސް ސާވިސަސް (މެކްސް) އިން އިންތިޒާމުކޮށްގެން ތިން ދުވަހުގެ މުއްދަތަކަށް ބާއްވާ މާލޭ އިންޓެޝަނަލް ބޯޓް ޝޯ އާއި އެބެކްސް ފެއާ މާދަމާ ހަވީރުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ. ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ކުންފުނިތަކުން ބައިވެރިވެފައިވާ މި ފެއާ ފުރަތަމަ ދުވަހު ހުޅުވާނީ ހަވީރު 00: 4 އިން ރޭގަނޑު 00: 10 އަށެވެ. އަނެއް ދެ ދުވަހު ފެއާ ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައި ވަނީ ހަވީރު ތިނަކުން ރޭގަނޑު 10 އަށެވެ.
"ދަރުބާރުގޭގެ ހުރިހާ ހޯލެއްގައި ވެސް މި ދެ ފެއާ ކުރިއަށްދާނެ. ބޮޑު އެއް ފެއާގެ ގޮތަށް ދެ ފެއާ ވެސް ކުރިއަށް ދާނީ. ތަފާތަކީ ދެ ހޯލެއްގައި ކުރިއަށްދާކަން،" މެކްސްގެ އޮފިޝަލަކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ ކުންފުނިތަކުގެ އިތުރުން ލަންކާ އާއި އިންޑިޔާ އާއި ޔޫއޭއީ ފަދަ ގައުމުތަކުން ވެސް މި ފެއާގައި ބައިވެރިވެފައި ވެއެވެ.
"ފެއާގައި ބައިވެރިވާ ވިއްކާ ފަރާތްތަކާއި ގަންނަ ފަރާތްތަކަށް ބިޒްނަސް ގެދަރިން އެއްވެސް ހުޅުލޭ އައިލެންޑު ހޮޓަލުގައި އެބަ ބާއްވަން. އެއީ ދައުތު ދޭ ފަރާތްތަކަށް،" އޭނާ ވިދާޅުވި އެވެ.
މެކްސް އިން ބުނި ގޮތުގައި މި ފެއާގައި ބައިވެރިވެފައި ވަނީ އުޅަނދުފަހަރާ ގުޅޭ ތަފާތު މަސައްކަތްތައް ކުރާ ފަރާތްތަކުންނާއި އިމާރާތް ކުރެހުމާއި އިމާރާތް ކުރުމާއި ގުޅޭ މަސައްކަތްތަކުގައި ބައިވެރިވާ ފަރާތްތަކުންނެވެ.
މެކްސް އިން މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި ވެސް ދެ ފެއާއެއް ބާއްވަން ހަމަޖައްސައިފައި ވެ އެވެ. އެއީ ޖުލައި 5 އިން 7 އަށް ބާއްވާ ހެލްތް އެންޑް ބިއުޓީ މޯލްޑިވްސް ފެއާ އާއި އެޑިޔުވިޝަން ފެއާ އެވެ.
ރާއްޖޭގައި ބާއްވާ ފުރަތަމަ ބޯޓް ޝޯ މާދަމާ ހަވީރު ހުޅުވާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ