އިދިކޮޅު ކޯލިޝަނުން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނަގައިފި ކަމަށް ބުނެ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އެކަމަށް މަރުހަބާ ވިދާޅުވެއްޖެއެވެ.
މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިދިކޮޅު ކޯލިޝަނުގައި ހިމެނޭ ހަތަރު ޕާޓީގެ މަސައްކަތުން ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ނެގުމުން އެކަމާ މަރުހަބާ ކިޔާ ކަމަށާއި މިއީ ޑިމޮކްރެސީ އަށް ބަދަލެއް ގެނައުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.
މައުމޫނުގެ މި ޓްވީޓަކީ ޕީޕީއެމް ބައެއް މެމްބަރުންގެ ތާއީދާއެކު ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުﷲ މަސީހުގެ އިތުބާރުނެތްކަމުގެ މައްސަލަ އަނެއްކާވެސް މަޖިލީހަށް ވެއްދުމާއި ގުޅިގެން ކުރެއްވި ޓްވީޓެކެވެ.
މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވަނި 45 މެމްބަރުން ސޮޔާއެކުއެވެ. އޭގެ ތެރޭގައި ޕީޕީއެމްގެ 10 މެމްބަރުން ހިމެނި ވަޑައިގަންނަވައެވެ.
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ، އިދިކޮޅު ފަރާތްތަކުން މީގެކުރިން ވެސް މަޖިލީހަށް ވެއްދިއިރު، އެފަހަރު މަސީހުގެ މައްޗަށް އިތުބާރު އޮތްކަމަށް ފާސްވީ، ވޯޓުގައި ބައިވެރިވެވަޑައިގަތް 48 މެމްބަރުންގެ އިއްތިފާގުންނެވެ.
މަޖިލީހުގެ މެޖޯރިޓީ އިދިކޮޅު ޕާޓީތަކަށް ލިބުމުން މައުމޫން މަރުހަބާ ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ