އޭސީސީއަށް ހާޒިރު ވެވަޑައިގަންނަވާ ދުވަހާއި ވަގުތު ވެސް މައުމޫން އަންގަވައިފި

ކުރީގެ ރިޔާސީ ގަނޑުވަރު، ތީމުގޭގެ އޮޑިޓް ރިޕޯޓާ ގުޅިގެން ރައީސް މައުމޫންގެ މައްޗަށް ކުރާ ތުހުމަތުތަކަށް ޖަވާބުދާރީވެވަޑައިގަތުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ވަޑައިގެންނެވިދާނެ ދުވަހާއި ވަގުތު ވެސް އެ ކޮމިޝަނަށް މައުމޫން އަންގަވައިފި އެވެ. އޭސީސީގެ ރައީސް ހަސަން ލުތުފީއަށް މައުމޫން ފޮނުއްވެވި ސިޓީގައި ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލާގައި އޭސީސީގެ އޮފިޝަލުން އެމަނިކުފާނު އަރިހަށް ވަޑައިގެން ސުވާލު ދެންނެވުމުގެ ބަދަލުގައި ބޭނުންފުޅުވެވަޑައިގަންނަވަނީ އޭސީސީއަށް ހާޒިރުވެ ޖަވާބުދާރީވެވަޑައިގަތުމަށް ކަމަށެވެ. "މި ކަމަށްޓަކައި ތިޔަ ކޮމިޝަނުގެ ތަހުގީގު ޓީމު އަޅުގަނޑުގެ ގާތަށް ވަޑައިގަތުމަށް ވުރެ ރަނގަޅުވާނެ ކަމަށް އަޅުގަނޑަށް ފެންނަނީ އަޅުގަނޑު ތިޔަ ކޮމިޝަނަށް ހާޟިރުވުމެވެ." މައުމޫން ފޮނުއްވެވި ސިޓީގައިވެ އެވެ. އެގޮތުން މި ހަފްތާގެ އަންގާރަ ދުވަހާއި ބުރާސްފަތި ދުވަހުން ކުރެ ކޮންމެ ދުވަހެއްގައި ވެސް އެ ކޮމިޝަނަށް ވަޑައިގެންނެވިދާނެ ކަމަށާއި ކޮމިޝަނަށް ވަޑައިގެންނެވޭނީ މެންދުރުފަހު 1:00ގައި ކަމަށް މައުމޫންގެ ސިޓީގައި ވިދާޅުވެފައިވެ އެވެ. އެ ސިޓީގައި އިތުރަށް ބުނެފައި ވަނީ އޭސީސީއަށް ވަޑައިގަންނަވާއިރު އެމަނިކުފާނުގެ ގާނޫނީ ވަކީލަކީ މައުމޫން ހަމީދު ކަމަށެވެ. (ތަފްސީލު އަންނަނީ....)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ