ވައްޑެ އާއި އަމީތު ހައްޔަރުކޮށްފައިވަނީ ގާނޫނާ ހިލާފަށް: މައުމޫން

ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ފުލުހުން ހައްޔަރު ކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމު ވިދާޅުވެއްޖެ އެވެ.
މައުމޫން މިހެން ވިދާޅުވީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ވައްޑެ އާއި އަމީތު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވުމުން މީގެ އިރުކޮޅެއްގެ ކުރިން ކުރެއްވި ޓްވީޓެއްގައެވެ.
ފުލުހުން ، އަމިތާއި ވަހީދު ހައްޔަރުކޮށްފައިވަނީ މަޖިލީހުގައި ތިއްބަވަނިކޮށް ގަދަ ކަމުން ނެރުމަށްފަހު މަޖިލިސް ކުރާ ގޭގެ ބޭރުންނެވެ.
އަމީތުއާއި ވަހީދުގެ ގޮނޑި ގެއްލިފައިވާ ކަމަށް މަޖިލީހާއި އިލެކްޝަންސް ކޮމިޝަނުން ބުނި ނަމަވެސް މި ދެ ބޭފުޅުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން އަދި ކަނޑައަޅާފައެއް ނުވެ އެވެ.
މަޖިލީސް ތެރެއަށް ފުލުހުން ވަދެ ބާރުގެ ބޭނުންކޮށްފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފަ އެވެ. އެގޮތުން ކާށިދޫ ދާއިރާގެ މެމްބަެރު ފައިސަލް ނަސީމަށް މިހާރުވެސް އޭޑީކޭގައި ދަނީ ފަރުވާދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ