ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.
މެންބަރު ވަހީދު ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއް ދެއްކުމަށްފަހު އެވެ. ވަހީދު ހައްޔަރުކޮށްފައިވަނީ މ. ކުނޫޒް ސަރަހައްދުންނެވެ. ކުނޫޒް ސަރަހައްދު މިރޭ 08:30 ހުން ފެށިގެން ފުލުހުން ވަނީ ބަންދުކޮށްފަ އެވެ.
މީގެ އިތުރުންވެސް އިތުރު ބައެއް މެންބަރުން ހައްޔަރުކުރުމަށް އަމުރު ހޯދާފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.
މަޖިލީހުގެ އިދާރާއަށް ފުލުހުން ވަދެ މިއަދު ވެސް ވަހީދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުންނާއި މަޖިލީހުން ކަނޑައަޅާފައިވާއިރު، ތުހްމަތުކުރީ މެމެބަރެއްގެ ގޮތުގައި ނެތި މަޖިލީހުގެ އިދާރާއަށް ވެންނެވުމެވެ. ގޮނޑި ގެއްލުނު މައްސަލައިގައި ސުޕްރީމް ކޯޓުން ވަކި ގޮތެއް ނިންމާފައި ނުވެ އެވެ.
މެންބަރު ވައްޑެ ހައްޔަރުކޮށްފައިވާ އިރު ހޯމަ ދުވަހު ފުލުހުން ނެރެފައިވާ ނޫސްބަޔާނެއްގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ނޯންނާނެ ކަމަށް އެ އިދާރާއިން ރަސްމީކޮށް އިއުލާން ކޮށްފައިވަނިކޮށް، މަޖިލީހަށް ދިއުމުގެ ނަމުގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ފުލުހުންގެ ސަފުތައް ފޫއަޅުވާލައި ފުލުހުންގެ ކޯޑަން ތެރެއަށް ވަތް މައްސަލަ ބަލަމުންދާ ކަމަށެވެ.
ކޮސް ވެއްޖެ
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
މެމްބަރު ވައްޑެ ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ