ގިނަ ތަރިންތަކެއް ލީޑް ރޯލުން ފެންނަ ފިލްމު މިޝަން މަންގަލްގެ ޓްރެއިލާ ލޯންޗް ކޮށްފި

ދިގު އިންތިޒާރަކަށްފަހު ފިލްމު މިޝަން މަންގަލްގެ ޓްރެއިލާ ރިލީސްކޮށްފިއެވެ.
މިޝަން މަންގަލްގައި އަކްޝޭ ކުމާރު، ސޮނާކްޝީ ސިންހާ، ވިދްޔާ ބާލަން، ތާޕްސީ ޕަންނު، ކްރިތީ ކުލާރީ، ޝަރްމަން ޖޯޝީ އަދި ނިތްޔާ މެނޮން މުހިންމު ރޯލުތަކުން ފެނިގެން ދެއެވެ.
ފިލްމަކީ މާރސް އޯބިޓާ މިޝަން އަށް އިންޑިއާއިން އިންޑިއަން ސްޕޭސް ރިސާޗް އޯގަނައިޒޭޝަންގައި މަސަައްކަތް ކުރާ ސައިންޓިސްޓުންނަށް ހަދާފައިވާ ފިލްމެކެވެ.
ދެމިނެޓް ދެ ސިކުންތުގެ ޓްރެއިލާ އިން މި ސައިންޓިސްޓުން އުޅުނު ހާލު ކޮންމެވެސް ވަރަކަށް އަންދާޒާކޮށްލެއެވެ.
ފިލްމު ރިލީސް ކުރަނީ އޯގަސްޓް 15ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ