އެއް މެގަވޮޓްގެެ ޖަނަރޭޓަރުން ފުރަތަމަ ފަހަރަށް ކަރަންޓް ދީފި

ނިލަންދޫގެެ ކަރަންޓް ޙާލަތު ރަނގަޅު ކުރުމަށް ގެނައި އެއް މެގަވޮޓްގެ ޖަނަރޭޓަރުން ފުރަތަމަ ފަހަރަށް ކަރަންޓް ދޫކޮށްފިއެވެ. ކަރަންޓް ދޫކޮށްފައިވަނީ މިއަދު އިރުއޮއްސި 8 ޖެހިކަންހާއިރުއެވެ. ޖަނަރޭޓަރުން ކަރަންޓް ދޫކުރުމާއެކު މީގެކުރިން ދަށްކޮށް ކަރަންޓް ލިބެމުންދިޔަ ބައެއް ތަންތަނަށް ކަރަންޓް ރަނގަޅަށް ލިބޭކަމަށް ފާހަގަކުރެވިފައިވެއެވެ. އިންޖީނުގޭގައި ޖާގަނެތުމުގެ ސަބަބުން އެއް މެގަވޮޓްގެ ޖަނަރޭޓަރު ބެހެއްޓުމަށް އިންޖީނުގޭގެ އިރުން ބައެއް އިތުރުކޮށްފައިވެއެވެ. މި އިންޖީނާއެކު ނިލަންދޫ އިންޖީނުގޭގެ ޖުމްލަ ކެޕޭސިޓީ 2.1 މެގަވޮޓަށް އަރާނެއެވެ. ނަމަވެސް، ރަށުގައި އަޅާފައިވާ މައިކޭބަލް ހިމަވުމުން އަދިވެސް މައްސަލަތަކާ ކުރިމަތިވާނެލަމަށް ދަނީ ބެލެވެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ