މޫސުން ގޯސްވެ، ނައިފަރުގައި ގެއްލުންވި ގެތަކަށް އެމްއެންޑީއެފުން އެހީ ވަނީ

ރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ޅ. ނައިފަރުގެ ގެތަކަށް ފެން ވަދެ ގެއްލުން ވުމުން، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި އެވެ.
އެމްއެންޑީއެފުން ބުނީ ނައިފަރަށް ބޯކޮށް ވާރޭ ވެހި، ފެންބޮޑުވުމުގެ ސަބަބުން ގެއްލުންވި ގެތަކަށް އެހީވަމުންދާ ކަމަށެވެ. އަދި ޕަމްޕު ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.
މައުލޫމާތު ލިބޭ ގޮތުގައި ނައިފަރުގެ ގެތަކަށް ފެން ވަނުމުން ވަނީ ބައެއް ހިފާ ގެންގުޅޭ ތަކެއްޗާއި ފަރުނީޗަރަށް ގެއްލުންވެފަ އެވެ. އެގޮްތުން ހަތަރު ގެޔަކަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާ ކަމަށް ވެއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނީ މިއަދު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށެވެ. ހެނދުނު 07:40 އިން މެންދުރު 01:40 އަށް ހއ. އިން ތ. އަތޮޅަށް ވަނީ ޔެލޯ އެލާޓް ވެސް ނެރިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ