ފަނޑިޔާރު އަބްދުﷲ ދީދީ ޖޭއެސްސީއާއި ދެކޮޅަށް ހުށަހެޅި ދުސްތޫރީ މައްސަލައިގެ އަޑު އެހުމެއް މާދަމާއަށް ތާވަލްކޮށްފި

ފަނޑިޔާރު އަބްދުﷲ ދީދީ ޖުޑިޝިއަލް ސާވިސް ކޮމިޝަނާއި ދެކޮޅަށް ހުށަހެޅި ދުސްތޫރީ މައްސަލައިގެ އަޑު އެހުމެއް މާދަމާ ބާއްވަން ސްޕްރީމް ކޯޓުން ތާވަލްކޮށްފިއެވެ. މި މައްސަލައިގެ އަޑު އެހުން އޮތީ މާދަމާ މެންދުރު 1:15 ގައެވެ. ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑު ކުރަން ޖޭއެސްސީ އިން ނިންމުމުން އަބްދުﷲ ދީދީ ވަނީ ސްޕްރީމްކޯޓަށް މައްސަލައެއް ހުށަހަޅާފައެވެ. ސްޕްރީމް ކޯޓުން ވަނީ އެމަނިކުފާނު ސަސްޕެންޑް ކުރުން ފަސް ކުރުމަށް ޖޭއެސްސީގެ މައްޗަށް އަމުރެއް ނެރެފައެވެ. ނަމަވެސް ޖޭއެސްސީ އިން ވަނީ ސްޕްރީމް ކޯޓުގެ އަމުރު ޤަބޫލު ނުކުރަން ނިންމާފައެވެ. ފަނޑިޔާރު ދީދީގެ މައްސަލަތަކެއް ޖޭއެސްސީ އިން ދަނީ އަދިވެސް ބަލަމުންނެވެ. އެ މައްސަލައިގެ ފުރަތަމަ އަޑު އެހުން ބޭއްވީ ހުޅުވާލައިގެން ޓީވީ އިން ލައިވްކޮށްގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ