ފައިނު ސްކޫލް ޕްރިފެކްޓް ބޯޑުން ޕޯސްޓަރ ކުރެހުމުގެ މުބާރާތެއް ފަށައިފި

ފައިނު ސްކޫލްގެ ދަރިވަރުންނަށް ޚާއްޞަކޮށްގެން ހުޅުވާލި މިފުރުޞަތުގައި "ކޮވިޑް19 އިން ރައްކާތެރިވުން" މިމައުޟޫއަށް އެކިކަހަލަ ޕޯސްޓަރ ތައްޔާރު ކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. މީގެ އިތުރުން މިމުބާރާތުގެ 1 ވަނަ 2 ވަނަ އަދި 3 ވަނަ އަށް އަންނަ ދަރިވަރުންނަށް ޚާއްޞަ އިނާމެއް ދިނުމަށް ހަމަޖެހިފައިވާކަމަށްވެސް ޕްރިފެކްޓް ބޯޑުން ބުނެފައިވެއެވެ. ޕޯސްޓަރ ކުރެހުމުގައި ހިމަނާލެވިދާނެ ބައެއް ކަންކަމުގެ ތެރޭގައި، މިދުވަސްވަރު ކުރެވިދާނެ ދުޢާތައް، ސާފުތާހިރުކަމާއި ގުޅޭ މެސެޖުތަކާއި އަދި ބަލި ފެތުރުނަ ނުދިމަށް ކުރެވިދާނެ ކަންކަން އަންގައިދޭ މެސެޖު ހިމެނޭ ޕޯސްޓަރ ހިމެނޭކަމަށް ޕްރިފެކްޓް ބޯޑުން ބުނެފައިވެއެވެ.މިމުބާރާތުގައި ބައިވެރިވާން އެދޭ ދަރިވަރުން 2 އޭޕްރީލް 2020 ވާ ބުރާސްފަތި ދުވަހުގެ 18:00 ގެ ކުރިން ޕޯސްޓަރގެ ފޮޓޯ ވައިބަރ ކުރުމުން މުބާރާތުގައި ބައިވެރިވެވޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ