ހޮނު ގުގުރިއާއެކު އޭދަފުށިން ކަރަންޓް ކެނޑި، ގެއްލުންތަކެއް ވެއްޖެ

ބ. އޭދަފުށިބ. އޭދަފުއްޓަށް ރޭ ކުއްލިއަކަށް ގަދަ ވަޔާއެކު ގުގުރައި ކުރި ވިއްސާރާގައި ޖެހި ހޮނު ގުގުރިއާއެކު ބައެއް ގޭގައި ހުރި އިލެކްޓްރޯނިކް ސާމާނު ތަކަށް ގެއްލުން ލިބިއްޖެ އެވެ.
ކައުންސިލްގެ ރައީސް ތޮލާލު
އަބްދުއްރަހްމާން ވިދާޅުވީ އާދަޔާ ޚިލާފު ބާރު ގުގުރިއަކާއެކު، މިސްކިތުގެ
ކަރަންޓް ވައިރަށް މައްސަލަޖެހި، ބައެއް ލައިޓްތައް ވެސް މަސައްކަތް ނުކުރާ
ކަމަށެވެ. އަދި ރަށުގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑި މަގުމަތީ ބައްތިތައް ވެސް ވަގުތުކޮޅަކަށް
ނިވުނުކަމަށް އޭނާ ވިދާޅުވި އެވެ.
“ނަމަވެސް ރަށުތެރެއިން އާއްމުންގެ އެއްވެސް އެއްޗަކަށް ގެއްލުމެއް ލިބުނު ކަމަށް އަދި ރިޕޯޓްކޮށްފައެއް ނެތް،”
އީޓީއަށް އެނގިފައިވާ ގޮތުގައި ރޭ ހޮޅު ގުގުރިއާ އެކު ރަށުގެ ބައެއް ގޭގެ އިން ކަރަންޓް ކެނޑުނު ވަގުތު ކަރަންޓަށް ޖަހާފައި ހުރި ބައެއް ތަކެއްޗަށް ގެއްލުން ލިބި،  ސްކޫލު ނެޓްވޯކްގެ ބައެއް އިކްވިޕްމަންޓްތަކަށް ވެސް ވަނީ ގެއްލުންތަކެއް ވެފައެވެ.
މިއިން ދުވަހަކު ވެސް ނީވޭ ބާރު ގުރިގުރީގެ އަޑާއެކު މޯބައިލް ފޯނުގެ ޚިދުމަތަށާއި ކޭބަލް ޓީވީގެ ޚިދުމަތަށް ވެސް އެ ވަގުތުކޮޅަށް ބުރޫ އެރިކަމަށް މިރަށުގެ ބައެއް މީހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ