ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސައިން ވަހީދު އަވަހާރަވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މެމްބަރު އަވަހާރަވެފައިވަނީ މިރޭ 1:25 ހާއިރު އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ.
މެމްބަރު ވަހީދު ވަނީ ގިނަ ދުވަސްތަކެއް ވަންދެން ކެންސަރު ބަލީގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވާފައެވެ.
ހާލުކޮޅު ސީރިއަސްވެގެން މެމްބަރު ވަނީ މަޖިލީހާއި ދުރުގައި ފަރުވާ ހޯއްދެވުމަށް އަހަރެއްހާ ދުވަސް ހޭދަކުރައްވާފައެވެ.
އެއަށްފަހު މެމްބަރު އަލުން މަޖިލީހުގެ ޖަލްސާއަކަށް ވަޑައިގެންނެވީ މިއަހަރުގެ މާރޗް މަހުއެވެ.
ހާލުކޮޅު ގޯސްވެގެން ޔޫއޭއީގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި ވެސް އެތައް ދުވަހަކު މެމްބަރު އޮންނެވިއެވެ.
އިތުރު ތަފްސީލް އަންނަނީ...
ކޮމަންޑޫ ދާއިރާގެ މެމްބަރު އަވަހާރަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ