ފަޅު ރަށަކަށް ޑިންގީއެއްގައި ދިޔަ ދެ މީހަކު ގެއްލިގެން ހޯދަނީ

ފަޅު ރަށަކަށް ޑިންގީއެއްގައި ދިޔަ ދެ މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ. އެމްއެންޑީއެފް އިން ބުނީ ގދ. މާވަރުލުއާއި އެއަތޮޅު ގައްދޫއާ ދެމެދު އޮތް ފަޅުރަށަކަށް ޑިންގީއެއްގައި މިއަދު ހެނދުނު ދިޔަ ދެ މީހަކު ގެއްލިގެން އެމީހުން ހޯދުމުގެ މަސައްކަތް ފުލުހުންނާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާއިން ކުރަމުން އަންނަ ކަމަށެވެ. އެކަމުގެ މައުލޫމާތު ލިބުނީ މިރޭ 22:03 ހާއިރު ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ. ގައްދޫ ކައުންސިލް މެމްބަރު އަލީ އަބްދުﷲ "ސަން"އަށް ވިދާޅުވީ އެ ދެ މީހުން ޑިންގީއެއްގައި ދިޔައީ އެރަށް ކައިރީ އޮންނަ ފަޅު ރަށެއް ކަމަށްވާ ހޮނޑާނަފުއްޓަށް ކަމަށެވެ. "އެއީ އުމުރުން ދުވަސްވީ ދެ މީހަކު. އަޅުގަނޑުމެން މިހާރު މިތިބީ ހިނޑާނަފުށީގައި އެ މީހުން ހޯދުމަށްޓަކައި. އެ ދެ މީހުން ހޯދުމަށްޓަކައި ގައްދޫ ކައިރީ ހުރި ހުރިހާ ފަޅުރަށްތަކެއް ބެލުމަށް ވަނީ ނިންމާފައި،" އަލީ އަބްދުﷲ ވިދާޅުވިއެވެ. ތަފްސީލް އަންނަނީ....
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ