ބްރިޖް އަޅަން މިވަގުތު ހާލަތު ތަނެއް ނުދޭ: މެމްބަރު ނާޒިލް

މި ދައުރު ނިމުމުގެކުރިން ސަރުކާރަށް، އައްޑޫ ސީޓީ ހުޅުމީދޫ އާއި ހިތަދޫ ގުޅުވާލާ ބްރިޖެއް އެޅޭނެ ކަމަށް ގަބޫލުކުރަން ދަތިކަމުގައި، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.
ނާޒިލް މިހެން ވިދާޅުވީ ކްލަބްހައުސް ގްރޫޕެއްގައި ރޭ ވާހަކަދައްކަމުންނެވެ. މެމްބަރު ނާޒިލް ވިދާޅުވީ، އެ މަޝްރޫއަށްވުރެ މުހިންމު ގިނަ ކަންކަން ނުކުރެވި އެބަހުރި ކަމަށެވެ.
ކޮވިޑް-19 ގެ ހާލަތާ ގުޅިގެން ދެއަހަރަށް ވުރެ ގިނަ ދުވަސް މިދިޔައީ ދައުލަތަށް އާމްދަނީއެއް ނުލިބި ކަމަށާއި، ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު އާއެކު ދާދިފަހުން ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި ދައުލަތުގެ މާލީހާލަތު ބަޔާންކޮށްދެއްވި ކަމަށް ނާޒިލް ވިދާޅުވިއެވެ.
ދައުލަތުގެ އާމްދަނީގެ ހާލަތު މިހާރު އޮތީ 2014 ވަނަ އަހަރާއި ހަމައަށް ފަހަތަށް ގޮސްފައި ކަމަށާއި އެގޮތަށް ބަލާއިރު ބްރިޖުފަދަ މަޝްރޫއުތަކަކީ މިވަގުތު ފެށޭ ޒާތުގެ ކަންކަން ކަމަށް ގަބޫލު ނުކުރެވޭ ކަމަށްވެސް ނާޒިލް ވިދާޅުވިއެވެ.
ދައުލަތަށް ލިބޭ އާމްދަނީ ކުރިއަށް އޮތްތަނުގައި ރަނގަޅުވުމުން ސަރުކާރާއެކީ މަޝްވަރާކުރުން ރަނގަޅު ކަމަށާއި ބްރިޖް އެޅިއްޖެނަމަ ރައްޔިތުންނަށް ބޮޑުތަނުން ފަސޭހަވާނެކަން ނާޒިލް ފާހަގަކުރެއްވިއެވެ.
މިވަގުތު އައްޑޫގައި ސަރުކާރުން ބޮޑެތި މަޝްރޫއުތަ ކުރިޔަށް ގެންދާއިރު އޭގެ އެއް މަޝްރޫއަކީ މަގުތައް ހެދުމުގެ މަޝްރޫއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ