ސްކޫލް ކުދިންގެ ވާހަކަދެއްކުމުގެ މުބާރާތެއް ބާއްވައިފި

ދިވެހިރާއްޖޭގެ ތައުލީމު ކުރިއަރުވާ މަރުކަޒާއި މިނިސްޓްރީ އޮފް ހޯމް އެފެއާޒް ގުޅިގެން މިނިވަންދުވަހުގެ މުނާސަބަތުގައި ސްކޫލް ކުދިންގެ ވާހަކަދެއްކުމުގެ މުބާރާތެއް ބާއްވައިފިއެވެ.
މި މުބާރާތުގައި ބައިވެރިވުމަށް ދައުވަތު ދެވުނީ ވާހަކަ ދެއްކުމުގެ ޤައުމީ މުބާރާތުން އެންމެ މޮޅު 5 ސްކޫލަށެވެ. ދައުވަތު ގަބޫލުކޮށް މުބާރާތުގައި ބައިވެރިވީ 4 ސްކޫލެކެވެ.
އެސްކޫލްތަކަކީ މަޖީދިއްޔާ ސްކޫލް، ދަރުމަވަންތަ ސްކޫލް، ހިރިޔާ ސްކޫލް އަދި ތާޖުއްދީން ސްކޫލެވެ.
ހޯމް މިނިސްޓްރީއިން ބުނީ މި މުބާރާތް ބޭއްވުމުގެ އެންމެ ބޮޑު މަގުސަދަކީ ސްކޫލް ކުދިންގެ ހިތްތަކުގައި ޤައުމީރޫހު އާލާކުރުން ކަމަށެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި މި މުބާރާތުގެ ނަތީޖާ ފަހުގެ ތާރީޚެއްގައި އިޢުލާން ކުރެވޭނެ ކަމަށް ވެސް ހޯމް މިނިސްޓްރީއިން މައުލޫމާތުދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ