އިދިކޮޅު އެމްޑީޕީގެ ތިން އަހަރުގެ ވެރިކަމުގައި ސްޓެލްކޯއަށް ބޭނުންވާ ތަރައްގީ ގެނެސްފައިނުވާ ކަމަށާއި، މާލެއިން ކަރަންޓު ކެނޑެން ދިމާވާ އެންމެ ބޮޑު އެއް ސަބަބަކީ އެއީ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، އެމްޑީއޭގެ ފަރާތުން ކައުންސިލް އިންތިޚާބުގައި ވާދަކުރައްވާ ބޭފުޅުންނާއި ޓިކެޓް ހަވާލު ކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، އެމްޑީޕީގެ ތިން އަހަރުގެ ވެރިކަން ނިމިގެންދިޔައިރު މާލޭގެ އިންޖީނުގޭގެ ކެޕޭސިޓީ އިތުރު ކުރުމަށް ކުރި އެއްވެސް އިންވެސްޓްމަންޓެއް ނެތް ކަމަށާއި މިއަދު އުފުލަންޖެހޭ އުދަނގުލަކީ އެކަމުގެ ސަބަބުން އުފުލަންޖެހޭ އުދަނގޫ ކަމަށެވެ
ރައީސް ވިދާޅުވީ، އޭރުގެ ސަރުކާރުން އިންޖީނުގެތަކުގެ ކެޕޭސިޓީ އިތުރުކުރިނަމަ މިއަދު ކަރަންޓެއް ނުކެނޑޭނެކަމަށާއި، މިހާރު މި ސަރުކާރުން ޖަނަރޭޓަރުތައް އިތުރު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"އޭރުގެ ސަރުކާރުން އިންޖީނުގެތަކުގެ ކެޕޭސިޓީ އިތުރުކުރިނަމަކާ މިއަދު ކަރަންޓެއް ނުކެނޑޭނެ. މިހާރު އަޅުގަނޑުމެން ޖަނަރޭޓަރުތައް އިތުރު ކުރުމަށް މަސައްކަތް މިކުރަނީ. މީހަމަ ފައިސާ ދެއްތޯ؟ މިފައިސާ ހޭދަކުރަން މިޖެހެނީކީއެއް ސަރުކާރުގެ ބަޖެޓަކުން ނޫނޭ. މިފައިސާ މިހޯދަނީ ސްޓެލްކޯއިން އުފައްދާ އެއްޗަކުން. މަދުވާ ތަންކޮޅު އެކަނި ސަރުކާރުގެ ބަޖެޓުން މި ހޯދަންޖެހޭނީ". ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އޭރު ސަރުކާރާއި ހަވާލުވިއިރު، ސްޓެލްކޯ އޮތީ ވަރަށް ބޮޑު ދަރަނިވެރިވެފައި ކަމަށެވެ. އެގޮތުން މާލޭގެ އިންޖީނަށް ހޭދަ ކުރާނެ ލާރިއެއް ނެތް ކަމަށެވެ.
"އަނެއްކާވެސް އެލާރި ހޯދަންޖެހޭނީ ބޭހަށް ދޭން ހުންނަ ލާރީގެ ތެރެއިން، ފަޅު ފުން ކުރަން ހުންނަ ލާރީގެ ތެރެއިން، ހޮސްޕިޓަލްތައް ތަރައްގީ ކުރުމަށް ހުންނަ ލާރީގެ ތެރެއިން، އަދި މުވައްޒަފުންގެ މުސާރަވެސް ދޭން ހުންނަ ލާރީގެ ތެރެއިން. މިގޮތަށް ފިނޭންސް އިން އެފައިސާ ހޯދަނީ." ރައީސް ވިދާޅުވިއެވެ.
ކަރަންޓް ކެނޑެނީ އެމްޑީޕީގެ ވެރިކަމުގައި ސްޓެލްކޯއަށް ތަރައްގީ ގެނެސްފައިނުތީ - ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ