ކާޑެއްދޫ އެއާޕޯޓް އަތުލުން މަޑުކުރުމަށް ކޯޓުން އަމުރުކޮށްފި

ވިލާ ކުންފުނިން ހިންގަމުން އައ ގދ. ކާޑެއްދޫ އެއާޕޯޓާމެދު ވަކި ގޮތެއް ޝަރީއަތުން ނިންމަންދެން، އެއާޕޯޓް ސަރުކާރަށް ނެގުން ލަސް ކުރުމަށް ސިވިލް ކޯޓުން އަމުރުކޮށްފިއެވެ.
ސަރުކާރުން ފޮނުވި ނޯޓިހަށް އަމަލު ކުރުން މަޑުޖައްސާލުމަށް ސިވިލް ކޯޓުން އަމުރުކުރީ، އެ ނޯޓިހަކީ ގާނޫނާ ހިލާފަށް ފޮނުވި ނޯޓިހެއް ކަމަށް ބުނެ ވިލާ ކުންފުނިން ސިވިލް ކޯޓަށް މައްސަލަ ހުށައެޅުމުންނެވެ.
އެ އަމުރުގައި ބުނެފައިވަނީ އްބަސްވުން ބާތިލްކުރި ގޮތް ސައްހަ ކަމަށް ޝަރީއަތުން ކަނޑައެޅުމުގެ ކުރީގައި އެއްބަސްވުން ބާތިލްވާ ކަމަށް ބެލެވިގެން އަޅާ ފިޔަވަޅަކުން ނުކުންނަ ނަތީޖާއެއްގެ ސަބަބުން އިއާދަނުކުރެވޭ ވަރުގެ ގެއްލުމެއް ކުރިމަތިވާނަމަ އެ ގެއްލުމެއް ހުއްޓުވުމުގެ މައްޗަށް ޝަރީއަތުން ވަގުތީގޮތެއްގައި ފިޔަވަޅު އަޅައި ވަގުތީ އަމުރު ނެރުމަކީ ޝަރީއަތުންް ކުރަމުން އަންނަ ކަމެއް ކަމަށެވެ.
ކާޑެއްދޫ އެއާޕޯޓް އެކުންފުނިން އަތުން ނަގަން ސަރުކާރުން ނިންމީ އެ ކުންފުނިން ސިވިލް އޭވިއޭޝަންގެ ބައެއް ގަވާއިދުތަކާއި ހިލާފުވެފައި ކަމަށް ބުނެއެވެ. އިއްޔެ ނެރުނު އަމުރުގައި ސިވިލް ކޯޓުން، ޓޫރިޒަމް މިނިސްޓްރީއަށް އަންގާފައިވަނި ވިލާއާއެކު ވެފައިވާ އެއްބަސްވުން ބާތިލް ކުރިކުރުމާއި ގުޅޭގޮތުން ކޯޓުން ވަކި ގޮތެއް އަންގަންދެން، އެއާޕޯޓް ސަރުކާރަށް ނުނަގައި މަޑު ކުރުމަށެވެ.
ކާޑެއްދޫ އެއާޕޯޓް ހިންގަމުން ދަނީ ސިވިލް އޭވިއޭޝަންގެ ގަވާއިދާ ހިލާފަށް ކަމަށް ރީޖަނަލް އެއާޕޯޓުން ބުނެފައިވީ ނަމަވެސް ވިލާ އެއާ އިންވަނީ އެކަމަށް އިންކާރު ކޮށްފައެވެ،
މީގެ އިތުރުން ވިލާގެ ވެރިޔާ ގާސިމް އިބްރާހިމް ވިދާޅުވީ ސަރުކާރުން ކާޑެއްދޫ އެއާޕޯޓް އަތުލުމަށް ނިންމީ، އެކުންފުނިން ކާޑެއްދޫ އެއާޕޯޓް އިންޓަރނޭޝަނަލް އެއާޕޯޓަކަށް ހެދުމަށް ނިންމާފައިވަނިކޮންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ