ސުޕްރީމް ކޯޓު ކައިރިޔަށް އެއްވި މީހުން ގަޔަށް ޕެޕާ ސްޕްރޭ ޖަހައިފި

ސުޕްރީމް ކޯޓު ކައިރިއަށް އެއްވި މީހުން ގަޔަށް ފުލުހުން ޕެޕާ ސްޕްރޭ ޖަހައިފިއެވެ.
ސުޕްރީމް ކޯޓު ސަރަހައްދުން މީހަކު ހައްޔަރު ކުރުމުގެ ތެރޭގައި ފުލުހުން ވަނީ ޕެޕާ ސްޕްރޭ ޖަހާފައެވެ.
ޕީޕީއެމާއި އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުން ޒުވާބު ކުރަން ފެށުމުން ފުލުހުންނާއި ސިފައިން ވަނީ އާންމުން ދުރުކުރަން ފަށާފައެވެ. އާންމުން ފަހަތަށް ޖެއްސީ، ސުޕްރީމް ކޯޓުގެ އިރުމަތީ ކޮޅުން، އެސްޓީއޯ ސުޕަމާޓާ ހަމައަށެވެ. އެކަމަކު ސުޕްރީމް ކޯޓުގެ ހުޅަނގު ކަންމަތިން ކުރިމަތީގައި ހުންނަ ޔުނިވާސަލްގެ އިމާރާތުގެ ގޯޅިގަނޑުން މީހުން ދުރެއް ނުކުރެއެވެ.
ސުޕްރީމް ކޯޓު ދޮށަށް މީހުން އެއްވެފައިވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ބާތިލުކުރުމަށް ރައީސް އަބްދުﷲ ޔާމީން ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުން ކުރިއަށްދާތީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ