ރައްޔިތުންގެ މަޖިލީހަށް ރައްޔިތުން އިންތިޚާބުކުރާ މެމްބަރުންނަކީ ރައްޔިތުންގެ ޚާދިމުން ކަމަށާއި، އެމެމްބަރުން ޕާޓީތަކުގެ އަޅުންނަށް ވާން ނުޖެހޭ ކަމަށް ކުރީގެ ފޮރިން މިނިސްޓަރ، ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޕާޓީ ޓިކެޓުން ހޮވުނަސް މެމްބަރުން މަޖިލީހުގައި އިށީންނަނީ މުޅި ދާއިރާ ތަމްސީލު ކުރަން ކަމަށެވެ. ޕާޓީތަކުގެ އަޅުންނަށް މެމްބަރުން ނުވުމަށާއި ގައުމުގެ ޚާދިމުންގެ ގޮތުގައި ދެމި ތިބުމަށް އޭނާ ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އިލްތިމާސު ކޮށްފައެވެ.
މެންބަރުންނާއި ގުޅޭގޮތުން ޑރ ޝަހީދު މިހެން ވިދާޅުވެފައިވާއިރު ރައްޔިތުން އިންތިޚާބު ކޮށްގެން އެރައްޔިތުން ތާއީދުކުރާ ޕާޓީން ހޮވާ މެންބަރުންގެ ތެރެއިން ބައެއް މެންބަރުން ފައިސާއަށް ޕާޓީބަދަލުކުރާ މައްސަލާގައި އެދާއިރާތަކުގެ ރައްޔިތުންގެ ނުރުހުން އެމެންބަރުންނަށްވަނީ ވަރަށް ބޮޑަށް އަމާޒުވެފައެވެ. އަދި ޕާޓީ ޓިކެޓް ދިންކަމުގައިވިޔަސް އެފަދަ މެންބަރުންނަށް ދެވަނަ ދައުރަކަށް ރައްޔިންތުންގެ ވޯޓްދިނުމަށްވެސް ގެންދަނީ ދެކޮޅު ހައްދަވަމުންނެވެ.
މަޖިލީހުގެ މެންބަރުން ޕާޓީތަކުގެ އަޅުންނަށް ވާން ނުޖެހޭ : ޑރ. ޝަހީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ