އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްއާއި ޖުމްހޫރީ ޕާޓީއާއި ދެމެދަށް ވަނުމަށް ބަޔަކު މަސައްކަތް ކުރަމުން ގެންދާކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވީ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ޖުމްހޫރީ ޕާޓީއަށް ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ގާސިމް ވިދާޅުވީ ކޯލިޝަންގެ ބައެއް އިސް ބޭފުޅުންވެސް ކޯލިޝަންގެ ތެރޭގައި ފިތުނަ އުފެދޭކަހަލަ ވާހަކަ ދައްކަވާކަމަށް ވިދާޅުވެ ކޯލިޝަންގެ ބައެއް ބޭފުޅުން ކަންބޮޑުވުން ފާޅުކުރައްވަމުން ގެންދަވާ ކަމުގައެވެ.
ޖުމްހޫރީ ޕާޓީއާއި އިބޫއާއި ދެމެދަށް ވަނުމަށް ބަޔަކު މަސައްކަތް ކުރަމުން ގެންދާ ކަމަށާއި ނަމަވެސް އެކަމަށް އެއްވެސް ފަރާތަކަށް ފުރުސަތު ނުދޭނެކަމަށް ގާސިމް ވިދާޅުވިއެވެ. ގާސިމް ވިދާޅުވީ މި ފަސް އަހަރު އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރު ދެމެހެއްޓުމުގައި ކޮނޑާއި ކޮނޑު ޖައްސައިގެން ޖުމްހޫރީ ޕާޓީ ދެމި އޮންނާނެ ކަމުގައެވެ.
އިބޫއާއި ޖޭޕީއާއި ދެމެދަށް ވަންވަން ބަޔަކު މަސައްކަތްކުރޭ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ