މާލޭގެ ބޮޑު ސަރަހައްދަކުން ފެނާއި ކަރަންޓުގެ ޚިދުމަތް ކެނޑިއްޖެ

މިއަދު މެންދުރުގެ ވަގުތެއްގައި، މާލޭގެ ގިނަ ސަރަހައްދުތަކުން ފެނާއި ކަރަންޓުގެ ޚިދުމަތް ކެނޑިއްޖެއެވެ.
އެހެން ނަމަވެސް، މިހާރު މި ޚިދުމަތްތައް ވަނީ އަލުން ލިބެން ފަށާފައެވެ.
އެންމެ ފުރަތަމަ ކަރަންޓު ކެނޑިފައި ވަނީ، މިއަދު ހެނދުނު 11:50 ހާއިރުއެވެ. އަދި، އެހާއިރުން ފަށައިގެން މިއަދު މެންދުރު 12:45 ވަންދެން މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވެއެވެ.
ހަމަ އެވަގުތު، ބައެއް ގޭގެއިން ފެނުގެ ޚިދުމަތް ވެސް ވަނީ ކެނޑިފައެވެ. ބައެއް ގޭގެއަށް ބުރޫލެއް ނާރައި ފެނުގެ ޚިދުމަތް ލިބެމުން ދިޔަ އިރު، ބައެއް ގޭގެއަށް ފެން ލިބިފައި ވަނީ އާންމުކޮށް ފެން ލިބޭ ޕްރެޝަރަށް ވުރެ ދަށް ޕްރެޝަރުގައެވެ. މީގެ އިތުރުން، ފެނުގެ ޚިދުމަތް ބައެއް ގޭގެއިން މުޅިން ކެނޑިފައިވެއެވެ.
ފެނާއި ކަރަންޓުގެ ޚިދުމަތް އަލުން ލިބެން ފަށާފައި ވަނީ ، މެންދުރު 12:45 ހާއިރެވެ.
މިކަމާ ގުޅިގެން، ސްޓެލްކޯއާއި މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)އިން މިހާތަނަށް އެއްވެސް އެއްޗެއް މީޑިޔާއާ ހިއްސާކޮށްފައެެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ