އައިޖީއެމްއެޗުން މާދަމާގެ ބައެއް ވަގުތުތަކުގައި ކަރަންޓު ކަނޑާލަނީ

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން މާދަމާގެ ބައެއް ވަގުތުތަކުގައި ވަގުތީގޮތުން ކަރަންޓު ކަނޑާލުމަށް ނިންމާފައިވާކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.
އެ ހޮސްޕިޓަލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މާދަމާ (3 މާރޗު 2017) ވާ ހުކުރު ދުވަހުގެ ބައެއް ގަޑިތަކުގައި އެ ހޮސްޕިޓަލުގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑޭނެ ކަމަށެވެ.
އެގޮތުން ހެނދުނު 07:00 ގައި 20 މިނެޓަށް، މެންދުރުފަހު 14:30 ގައި 30 މިނެޓަށް އަދި ހަވީރު 16:00 ގައި ޓްރާންސްފޯމަރ 1ން ކަރަންޓު ކެނޑޭނެކަމަށް އެ ހޮސްޕިޓަލުގެ ބަޔާނުގައި ވަނީ ބުނެފައެވެ.
އެހެންނަމަވެސް އެ ހޮސްޕިޓަލުގައި އެނދުމަތިކޮށްފައި ތިބި ބަލި މީހުންނަށްދޭ ފަރުވާތަކަށް އެއްވެސް ބުރޫއެއް ނާރާނެ ކަމަށާއި ކަރަންޓު ކެނޑޭ ވަގިތުތަކުގައި ދިމާވެދާނެ ދަތިތަކަށް މަޢާފަށް އެދޭ ކަމަށްވެސް އައިޖީއެމްއެޗުން ބުންޏެވެ.
މީގެ އިތުރުން އެ ހޮސްޕޓަލުން ބުނީ މިފަދަ ކަންތައްތަކުގައި ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ