އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބާއި ބެހޭގޮތުން، އިދިކޮޅު އިއްތިހާދުގެ ލީޑަރު އަދި ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދާއި މަޝްވަރާކުރުމަށް، އިނގިރޭސިވިލާތަށް ދިޔުމަށް ނިންމާފައިވާ ކަމަށް، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
މިކަމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް، އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނަށް އުމަރު ވަޑައިގަންނަވާނީ، އަންނަ ހަފްތާގައެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން، އެންމެ ފުރަތަމަ އިއުލާންކުރެއްވި ބޭފުޅަކީ އުމަރެވެ. އުމަރަކީ ޕީޕީއެމްގެ ރައީސް، މައުމޫން އަބްދުލް ގައްޔޫމްގެ ފެކްޝަނަށް ނިސްބަތްވާ ބޭފުޅެކެވެ.
އިދިކޮޅު އިއްތިހާދުގެ ލީޑަރާއި ބައްދަލުކުރެއްވުމަށް، އިނގިރޭސިވިލާތަށް އުމަރު ވަޑައިގަންނަވާއިރު، އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި، އިދިކޮޅު ކެންޑިޑޭޓެއްގެ ގޮތުގައި ނެރެންޖެހޭނީ އިދިކޮޅު ހުރިހާ ފަރާތްތަކުން އެއްބަސްވާ، އެއް ކެންޑިޑޭޓު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ދާދިފަހުން ވިދާޅުވެފައެވެ.
ހޯމް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވުމަށްފަހު، އުމަރު އަންނަނީ ސަރުކާރުގެ އެކި ސިޔާސަތުތަކަށް، ފާޑު ވިދާޅުވެ ވާހަކަދައްކަމުންނެވެ.
ރިޔާސީ އިންތިހާބާއި ބެހޭގޮތުން ޖަމީލް އާއި މަޝްވަރާކުރަން އުމަރު އިނގިރޭސިވިލާތަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ