މުހައްމަދު ޝަރީފާއި އަހުމަދު ނާސިފް ފައިނަލަށް

މޯލްޑިވްސް ޕޫލް ބިލިއަޑް އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ގައުމީ ޓެންބޯލް ބިލިއާޑް ޗެމްޕިއަންޝިޕްގެ ފައިނަލަށް އެންމެ ފަހުގެ ޗެމްޕިއަން މުހައްމަދު ޝަރީފް (ކުޑަ ޝަރީ) އާއި އަހުމަދު ނާސިފް ދަތުރުކޮށްފި އެވެ.
އެމްޕީބީއޭ ކްލަބު ހައުސްގައި ކުރިއަށްދާ މި މުބާރާތުގެ ފައިނަލަށް ނާސިފް ދަތުރުކުރީ ރޭ ކުޅުނު ސެމީގެ ފުރަތަމަ މެޗުގައި މުހައްމަދު ދުންޔާޒް (މޭން) އާއި ބައްދަލުކޮށް 7 ފްރޭމް 6 ފްރޭމުން މެޗު ކާމިޔާބުކޮށްގެންނެވެ. ނާސިފްގެ ފަރާތުން މި މެޗުގައި މޮޅު ކުޅުމެއް ފެނިގެންދިޔަ އިރު، ދުންޔާޒް އަކީ މިދިޔަ އަހަރުގެ މި މުބާރާތުގެ ދެވަނަ ހޯދި ކުޅުންތެރިޔާ އެވެ.
ޑަބަލް އެލިމިނޭޝަން އުސޫލުން ކުރިއަށްދާ މި މުބާރާތުގެ ފައިނަލުން ޝަރީފް ޖާގަ ހޯދީ ފުރަތަމަ ސެމީން ބަލިވި ދުންޔާޒް އާއި ވާދަކޮށް 7 ފްރޭމް 4 ފްރޭމުން މެޗު ކާމިޔާބުކޮށްގެންނެވެ.
މި މުބާރާތުގައި މިފަހަރު ޖުމްލަ 64 ކުޅުންތެރިން ވާދަކުރެ އެވެ. ޑަބަލް އެލިމިނޭޝަން އުސޫލުން ރޭސްޓް 7 (ސެވަން) ގެ ފޯމެޓަށް ކުރިއަށްދާ މި މުބާރާތުގެ ފައިނަލް ކުރިއަށްދާނީ ރޭސްޓް 9 (ނައިން) ގެ ފޯމެޓަށެވެ.
މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ބުދަ ދުވަހުގެރޭ 20:00 ގައި އެމްޕީބީއޭ ކްލަބު ހައުސްގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ