މެދުކެނޑުމަކަށް ފަހު އައްޑޫ ސިތީގައި ގާއިމުުކޮށްފައި ހުންނަ ހައިކޯޓުގެ އައްޑޫ ސިޓީ ގޮފީގައި ޝަރީއަތްތައް ފަށައިފިއެވެ.
އެ މައްސަލަތައް ބެލުމަށް ފަނޑިޔާރުން އައްޑޫ ސިޓީ އަށް ގެންގޮސްފައިވަނީ މާލެއިންނެވެ. އެ ފަނޑިޔާރުން އެ ސިޓީއަށް ވަޑައިގެންނެވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އަދި މައްސަލަތައް ބެލުމަށްފަހު ފަނޑިޔާރުން އެނބުރި މާލެ ވަޑައިގަންނަވާނީ އަންނަ ހޮނިހިރު ދުވަހުއެވެ.
އައްޑޫ ސިޓީ އަށް ވަޑައިގެންނެވި ފަނޑިޔާރުންގެ ތެރޭގައި ހިމެނެނީ ފަނޑިޔާރު ޝުއައިބް ހުސައިން ޒަކަރިއްޔާ، ފަނޑިޔާރު ހުސައިން މަޒީދު އަދި ފަނޑިޔާރު މުހައްމަދު ފައިސަލްއެވެ.
ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހާއެކު ހައި ކޯޓުގެ ދެކުނު ގޮފި ގާއިމުކުރީ އައްޑޫގަ އެވެ. އަދި އުތުރު ގޮފި ގާއިމުކުރީ ހދ. ކުޅުދުއްފުށީގަ އެވެ. އުތުރާއި ދެކުނުގައި ހައިކޯޓުގެ ދެ ގޮފި ގާއިމުކުރީ އެ ސަރަހައްދުތަކުގެ މެޖިސްޓްރޭޓް ކޯޓުތަކުގެ ނިންމުންތައް އިސްތިއުނާފުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ކަމަށް ބުނެއެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ.
ނަމަވެސް އެއީ ހައި ކޯޓުގެ މައްޗަށް ސަރުކާރުގެ ނުފޫޒު ފޯރުވުމަށްޓަކައި ގެނައި އިސްލާހެއް ކަމަށް އޭރުވެސް ބައެއް ގާނޫނީ ވަކީލުން ތުހުމަތުކުރެއްވި އެވެ.
ރައީސް އިބްރާހީމް މުހައްމަދު ޞާލިހް ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ހައިކޯޓުގެ އުތުރު ގޮތްޕާއި ދެކުނު ގޮފި އުވާލުމަށް ކޯޓު ތަކާއިބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ނިންމަވާ، އެ އިސްލާހު މިހާރު ވަނީ މަޖިލީހަށް ހުށަހަޅުއްވާފައެވެ.
ހައި ކޯޓުން އައްޑޫ ސިޓީގައި ޝަރީއަތް ހިންގަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ