އުރީދޫ އިން "ބެކް ޓު ސްކޫލް" ޕްރޮމޯޝަނެއް ފަށައިފި

އުރީދޫ މޯލްޑިވްސް އާއި ޕްރޯލެޕް ގުޅިގެން ސްކޫލް ކުދިންނަށް ޚާއްޞަ "ބެކް ޓު ސްކޫލް" ޕްރޮމޯޝަން އެއް މިއަދު ފަށައިފިއެވެ.
އުރީދޫ އާއި ޕްރޯލެޕްގެ މި ޕްރޮމޯޝަންގެ ބޭނުމަކީ ތައުލީމު އުނގެނުމާއި އުނގަންނައިދިނުމުގައި ޑިޖިޓަލް ޑިވައިސްތަކުގެ މުހިންމުކަން އިތުރުވެފައި ވާތީ ކިޔެވުން ކުރިއަށް ގެންދިއުމަށް ބޭނުންވާ ސާމާނު، ކިޔަވާ ކުދިންނަށާއި ބެލެނިވެރިންނަށް ފަސޭހަކަމާއެކު ގަތުމުގެ ފުރުސަތު ހުޅުވާލުމެވެ.
މިއަދު އިފްތިތާހުކުރި "ބެކް ޓު ސްކޫލް" ޕްރޮމޯޝަންގެ ދަށުން ޕްރޯލެޕުން ބައްލަވައިގަންނަ ކޮންމެ ލެޕްޓޮޕަކާއެކު އުރީދޫ މޯލްޑިވްސްގެ ފަސޭހަ މިނީ ޑިވައިސްއެއް، އަދި 240ޖީބީ އާއި ހަމައަށް ބޯނަސް ޑޭޓާ ހިމެނޭގޮތަށް ލިބޭނެއެވެ.
ލެޕްޓޮޕާއެކު ހިލޭ ލިބޭ ފަސޭހަ މިނީ ޑިވައިސް މެދުވެރިކޮށް ރީޗާރޖް ކުރާ ފުރަތަމަ 12 ފަހަރު، ކުރާ ކޮންމެ ރީޗާޖަކަށް 20ޖީބީ ބޯނަސް ޑޭޓާ ލިބޭނެއެވެ. ހަމައެހެންމެ، ޕްރޯލެޕް އިން ހަދިޔާ ކުރާ ހިލޭ ލެޕްޓޮޕް ކޭސް އެއްވެސް މި އޮފަރގައި ވަނީ ހިމެނިފައެވެ. އެޗްޕީ އަދި އޭސަސް ގެ ފަހުގެ ލެޕްޓޮޕްތައް ހިމެނޭގޮތަށް ބަންޑްލްކޮށްފައިވާ މި އޮފަރ މިއަދުން ފެށިގެން ކަސްޓަމަރުންނަށް ލިބޭނެއެވެ.
އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމަރޝަލް އޮފިސަރ، ހުސެން ނިޔާޒް ވިދާޅުވީ، މަސައްކަތުގެ މާހައުލުގައި ވިޔަސް، ދަރިވަރުންގެ ކިޔެވުން އަދި އާންމު ދިރިއުޅުމުގެ ކަންކަންމުގައި ވެސް އިންޓަނެޓްގެ ޚިދުމަތް ވަނީ މުހިންމުވެފައި ކަމަށެވެ.
އަދި އަދުގެ ދުނިޔޭގައި، ދަރިވަރުންނަށާއި ޓީޗަރުންނަށްވެސް އިންޓަނެޓް މެދުވެރިކޮށް އެތަކެއް ތައުލީމީ ފުރުސަތުތަކެއް ފަހިވެގެންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
އުރީދޫ މޯލްޑިވްސް އިން ވަނީ ހުރިހާ ދަރިވަރުންނަށް އުފާވެރި ޗުއްޓީއަކަށް، އަދި ތަޢުލީމީ އައު އަހަރަކަށް އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ