ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު މެންދުރު ފަހު 14:00 އާއި 15:30 އާއި ދެމެދު ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނީ ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި މިއަދު ހެންވޭރުގެ މަޖީދީމަގާއި، ކާސިންޖީމަގު އަދި މުސްތަރީމަގުގެ އިތުރުން ދިއްލީމަގާއި، ރަތްވިލާމަގު ހިމެނޭ ސަރަހައްދުން ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
ސްޓެލްކޯއިން ބުނީ މަސައްކަތް ނިމުނުހާ އަވަހަކަށް އަލުން ކަރަންޓު ދެވިގެންދާނެ ކަމަށާއި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަކަށް މައާފަށް އެދޭ ކަމަށްވެސް ސްޓެލްކޯއިން ބުންޏެވެ.
ވިލިމާލޭގެ ބައެއް ސަރަހައްދުތަކުން ވެސް މިއަދު ވަނީ ކަރަންޓުގޮސްފައެވެ. ވިލިމާލޭގެ އިޚުލާޞް މިސްކިތް ހުންނަ ސަރަހައްދުގައި މަސައްކަތެއް ކުރުމުގެ ގޮތުން ކަރަންޓު ކެނޑޭނެ ކަމަށް ބުނެފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
މާލޭގެ ބައެއް ސަރަހަދުތަކުން މިއަދު ކަރަންޓު ކެނޑޭނެ: ސްޓެލްކޯ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ