ފެންބިލަށް ބޭންކް ޓްރާންސްފަރއިން ފައިސާ ދެއްކުމަށްފަހު، ރަސީދު ވެބްޕޭޖަށް ފޮނުވަންޖެހޭ

ބޭންކް ޓްރާންސްފަރ ބޭނުންކޮށްގެން އެމްޑަބްލިއުއެސްސީގެ ޚިދުމަތްތަކަށް ފައިސާ ދައްކާ ފަރާތްތަކުން، ފައިސާގެ ރަސީދު އެކަމަށް ޚާއްސަ ވެބްޕޭޖަށް ފޮނުވަންޖެހޭނެ ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.
އެމްޑަބްލިއުއެސްސީއިން ވިދާޅުވީ ބައެއް ފަރާތްތަކުން ފައިސާ ދެއްކުމަށްފަހު، ވެބްޕޭޖް މެދުވެރިކޮށް ފޯރމް ފުރިހަމަ ނުކުރާތީ، އެ ފަރާތްތަކުގެ އެކައުންޓްތައް އަޕްޑޭޓްކުރުމުގައި އަދި ފައިސާ ދައްކަފައިވާ ފަރާތްތައް ދެނެގަތުމުގައި އެކުންފުންޏަށް ދަނީ ދަތިތަކާއި ދިމާވަމުންކަމަށެވެ.
ޑައިރެކްޓް ބޭންކް ޓްރާންސްފަރ ބޭނުންކޮށްގެން އެމްޑަބްލިއުއެސްސީގެ ޚިދުމަތްތަކަށް ފައިސާ ދައްކާ ފަރާތްތަކުން، ޓްރާންސެކްޝަންގެ ތަފްސީލާއި ރަސީދު https://banktransfers.mwsc.com.mv ވެބްޕޭޖަށް ފޮނުވަން ޖެހެއެވެ.
އެމްޑަބްލިއުއެސްސީން ވަނީ ފައިސާ ދެއްކެވުމަށްފަހު ލިންކްގައިވާ މަޢުލޫމާތު ފުރިހަމަ ނުކުރައްވާ ކަސްޓަމަރުން ވީ އެންމެ އަވަހަކަށް މަޢުލޫމާތު ފުރިހަމަ ކުރުމަށްފަހު، ފައިސާގެ ރަސީދު އެވެބްޕޭޖް މެދުވެރިކޮށް ޙިއްސާ ކުރުމަށް އެދިފައެވެ. އަދި މިކަމާ ގުޅޭ އިތުރު މަޢުލޫމާތު އެކުންފުނީގެ ހޮޓްލައިން ނަމްބަރު 105އަށް ގުޅުމުން ލިބޭނެކަމަށް އެމްޑަބްލިއުއެސްސީން ވިދާޅުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ