މެމްބަރު އިލްހާމްގެ ކޮއްކޮ އަށް ހައުސިން މިނިސްޓްރީގެ ކޯޑިނޭޓަރުކަން ދީފި
ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އިލްހާމް އަހްމަދުގެ ކޮއްކޮ، ހުސެއިން މައުރޫފް، ހައުސިން މިނިސްޓްރީގެ ކޯޑިނޭޓަރަކަށް ހަމަޖައްސައިފި އެވެ. މައުރޫފް ކޯޑިނޭޓަރު ކަމަށް ހަމަޖައްސައި ރައީސް އޮފީހުން ހައުސިން މިނިސްޓްރީ އަށް ވަނީ ލިޔުމެއް ފޮނުވާފައި ކަމަށް ވެސް އެ މިނިސްޓްރީގެ އިސްބޭފުޅަކު މިއަދު "ހަވީރަ"ށް ކަށަވަރު ކޮށްދެއްވި އެވެ. އިލްހާމްގެ ކޮއްކޮ އަށް ސަރުކާރުން ވަޒީފާ ހަމަޖެއްސިއިރު، ސަރުކާރާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން މިހާރު ހިންގާ ހަރަކާތްތަކުން އިލްހާމް ނުފެނެ އެވެ. އަދާލަތު/އެމްޑީޕީން ހިންގާ އެ ހަރަކާތްތަކުގައި ޖުމްހޫރީ ޕާޓީގެ ބައެއް އިސްބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ އަމިއްލަ ގޮތުންނެވެ. ގާނޫނު އަސާސީގެ ދިފާއުގައި ކަމަށް ބުނެ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީން އެއްބަސްވުމެއްގައި ސޮއިކޮށް ހިންގި ހަރަކާތްތަކުގައި ވެސް އިލްހާމް ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ. ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތުމުގެ ކުރިން އިލްހާމް ހުންނެވީ، މިހާރު ސަރުކާރު ހިންގާ ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގަ އެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ