ޔޫތު މިނިސްޓަރުގެ ނައިބަކަށް ކުރީގެ މެމްބަރު މުހުސިން

ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރުގެ ނައިބަކަށް މިދިޔަ ރަައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލް މުހުސިން ހަމީދު (ޖޭފޯ) ރައީސް އަބްދުﷲ ޔާމީން އައްޔަން ކުރައްވައިފި އެވެ. މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ނިލަންދޫ ދާއިރާ އަށް ވާދަކުރައްވައި ނާކާމިޔާބުވި މުހުސިނަށް ޔޫތް މިނިސްޓަރުގެ ނައިބުކަން ދެއްވީ މިދިޔަ ހަފުތާގެ ބުދަ ދުވަހު ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ މިއަދު ވިދާޅުވި އެވެ. ޔޫތް މިނިސްޓްރީގައި މުހުސިންއާ އެކު ހަތަރު ޑެޕިއުޓީ މިނިސްޓަރަކާއި ސްޓޭޓް މިނިސްޓަރަކު މިހާރު ހުންނަވަ އެވެ.މުހުސިން އަކީ އެފްއޭއެމްގެ ނައިބު ރައީސް ވެސް މެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ