ޤާނޫނު އަސާސީ ނުއެނގުމަކީ ރައްޔިތަކަށް ވެސް އަދި މުއައްސަސާއަކަށްވެސް ދެއްކޭނެ ބަހަނާއެއް ނޫން ކަމަށް މަޝްހޫރު ޤާނޫނީ ވަކީލް މައުމޫން ހަމީދު ވިދާޅުވެއްޖެއެވެ.
މައުމޫން ޙަމީދު މިމޭރުމުން ވިދާޅުވީ ޤާނޫނު އަސާސީގެ އިޖުރާތުތަކާއި ޚިލާފަށް ކޯޓު އަމުރެއް ހޯދައިގެން ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ފުލުހުން ބަންދުކުރި މައްސަލަ އާއި ގުޅިގެންނެވެ.
މައުމޫން ވިދާޅުވީ ޤާނޫނު ނުއެނގޭކަމަށް ބުނުމާއި އޮޅުނީ ކަމަށް ބުނެ މިބާވަތުގެ ކަންކަމުން ނުރެކެވޭނެ ކަމަށެވެ. އެފަދަ ކަމެއް ކުރި ބައަކު އެކަމަށް ޒިންމަވާންޖެހޭނެ ކަމަށެވެ.
މައުމޫން ވިދާޅުވީ ޖިނާއީ ކަންކަމުގައި ހުރިހާ ޒިންމާތަކެއް އުފުލަންޖެހޭނެ ފަރާތަކީ ޕްރޮސެކިޔުޓަރޖެނެރަލް ކަމަށެވެ. އެއްވެސް ކަމެއް ޤާނޫނުން ބޭރުން ހިނގާކަމުގެ ލިބުމުން އެކަމަށް ވަގުތުން ފިޔަވަޅު އަޅަން ޕިޖީއަށް ޖެހޭނެ ކަމަށެވެ. އަދި އެ ޒިންމާ އުފުލުމަކީ ޕީޖީގެ ވަކީލުންގެވެސް މަސްއޫލއިްޔަތެއް ކަމަށެވެ.
މައުމޫން ވިދާޅުވީ ފައިސާ ގޯނި ހިފައިގެން ގޮސް މަޖިލިހުގެ މެންބަރުންނަށް ބެހިކަމަށް ބުނުމުން އެމީހަކު އެ އިތުރާފްވީ ސީދާ ރިޝްވަތު ދިން ކަމަށް ކަމަށެވެ. އެހެން ނަމަވެސް އެފަދަ މައްސަލަތައް ނުބަލައި އަދި ފިޔަވަޅެއްވެސް ނުއަޅައި ފައުޅުގައި ދައްކާ ވަރަށް އާދައިގެ ވާހަކަތައް އެއީ މާބޮޑެތި މައްސަލަތައް ކަމަށް ދައުވާތައް އުފުލުމަކީ ޖިނާޢީ ކަންކަމުގައި ރާއްޖޭގައި އަމަލުކުރާ ގޮތާއިމެދު ސުވާލު އުފެދޭ ކަމެއް ކަމަށެވެ.
މައުމޫން ވިދާޅުވީ ޤާސިމްގެ މައްޗަށް ފުލުހުން ރިޝްވަތުގެ ތުހުމަތުތަކެއްކޮށް ތަޙްޤީޤްކުރީ ޕީޖީ އިން ދައުވާ އުފުލީ އެއްވެސް ހެއްކެއް ނެތް ކަމެއްގައި މައްސަލަތަކެއް އުފައްދައިގެން ކަމަށެވެ. އެހެންކަމަށްވާއިރު އަމިއްލަ އިއުތިރާފް ހުރި ކަންކަމުގައި ދައުވާ ނުކޮށް ޤާސިމްގެ މައްޗަށް ދައުވާ އުފުލުމަކީ ޕީޖީ އިން ވިސްނަންޖެހޭނެ ކަމެއް ކަމަށެވެ.
މައުމޫން ހަމީދު ވިދާޅުވީ ޕީކީ އަކީ ޖިނާޢީ ކަންކަން ހާމަވުމުން އެހެން ފަރާތަކުން ޝަކުވާ ކުރަންދެން މަޑުކުރަންޖެހޭނެ ފަރާތެއް ނޫން ކަމަށާއި އެކަމަށް ފިޔަވަޅު އަޅަންޖެހޭނެ ފަރާތެއް ކަމަށެވެ. އަދި ރައްޔިތުންގެ އިތުބާރު ހޯދޭނީ ހަމަ އާއި އިންސާފުން މަސްއޫލިއްޔަތު އަދާކުރުމުން ކަމަށްވެސް މައުމޫން ވިދާޅުވިއެވެ.
ޤާނޫނު ނުއެނގުމަކީ ރައްޔިތަކަށް ވެސް އަދި މުއައްސަސާއަކަށް ވެސް ދެއްކޭނެ ބަހަނާއެއް ނޫން: މައުމޫން ހަމީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ