ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމެޓިކް ރިލޭޝަނަށް އަމަލުކުރުން އާންމު ރައްޔިތުންގެ މައްޗަށް ލާޒިމް ނޫން ކަމަށް ކަނޑައަޅައި ހައި ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރަން ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
ހައި ކޯޓުން މިދިޔަ އޮގަސްޓް މަހު ކުރި ހުކުމުގައިވަނީ ވިއެނާ ކޮންވެންޝަން އޮފް ޑިޕްލޮމެޓިކް ރިލޭޝަނަށް އަމަލުކުރުން އާންމު ރައްޔިތުންގެ މައްޗަށް ލާޒިމް ނުވާނެ ކަމަށާއި އެއީ އެ މުއާހަދާއަށް އަމަލުކުރުން ލާޒިމްކޮށް ރައްޔިތުންގެ މަޖިލީހުން ގާނޫނެއް ފާސްކޮށްފައި ނުވާތީ ކަމަށެވެ.
އެނގިފައިވާ ގޮތުގައި އެ މައްސަލަ ބަންޑާރަ ނައިބުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރީ މިދިޔަ މަހުގެ ތެރޭގަ އެވެ.
ހައި ކޯޓުން އެގޮތަށް ހުކުމްކުރީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ހުންނަވާ ސަފީރު އުޅުއްވި ހ. ދިވެހިގޭ ކުއްޔަށް ހިފުމަށް އެގޭ ވެރިފަރާތާ އިންޑިއާގެ ރައީސްގެ ފަރާތުން ވެފައިވާ އެއްބަސްވުމުގެ މައްސަލަ ސިވިލް ކޯޓުން ބޭރުކޮށްލި މައްސަލަ ބެލުމަށްފަހު އެވެ. އެ މައްސަލަ ސިވިލް ކޯޓުން ބޭރުކޮށްލީ އިންޑިއަން ހައި ކޮމިޝަނުން ޑިޕްލޮމެޓިކް އިމްތިޔާޒުގެ ބޭނުން ހިފުމުންނެވެ.
ޑިޕްލޮމެޓިކް އިމްތިޔާޒާ ބެހޭ ހުކުމް އިސްތިއުނާފް ކުރަން ސުޕްރީމް ކޯޓަށް ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ