ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެން އިސްލާހީ މަސައްކަތްޕުޅު ކުރައްވާއިރު، ސަރުކާރުގެ އިތުރުން އިދިކޮޅު ހަރަކާތުގައި ވެސް އެ މަނިކުފާނުގެ އާއިލާގެ ބޭފުޅުން ތިއްބެވުމަކީ އެ މަސައްކަތްޕުޅުގެ އިޚުލާސްތެރިކަމާ މެދު ސުވާލު އުފެދޭ ކަމެއް ކަމަށް އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
"އެކޮޅު އޮތަސް 50 ޕަސެންޓް، މިކޮޅު އަޔަސް 50 ޕަސެންޓް، ދެން ރަނގަޅުތާ ދެއްތޯ؟ އެއްޗެކޭ ބުނާ މީހާ ގޯސްވާނީ. ފެންނަން އޮތީ މި ހަގީގަތް. ގުނބޯ ނުހައްދާ،" އަލީ ވަހީދު ވިދާޅުވި އެވެ.
މައުމޫންގެ ހަތަރު ބޭފުޅުންގެ ތެރެއިން ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫނާއި ޔުމްނާ މައުމޫން އިދިކޮޅު ފަރާތްތަކާ އެކު ހަރަކާތްތެރިވާއިރު، ދަރިކަލުން މުހައްމަދު ޣައްސާން މައުމޫނާއި ދުންޔާ މައުމޫން ތިއްބެވީ ސަރުކާރުގެ އިސް މަގާމުތަކުގައެވެ.
"އެންމެން އަނިޔާ ތަހައްމަލްކުރާއިރު ގައްޔޫމް އާއިލާ ދެކޮޅުން ފަރިއްކުޅުއްވީމަ އަޅުގަނޑަކަށް އެކަން ގަބޫލެއް ނުކުރެވޭ، ހިޔާލަކީ ތަފާތު އެއްޗެއް، ހާންދާނީ ވެރިކަމާ ދެކޮޅު، ދެ އޮޑިއަށް ދެފައި ލައިގެން ތިބޭ މީހުންނާ ވެސް ދެކޮޅު." އަލީ ވަހީދު ވިދާޅުވިއެވެ.
އަލީ ވަހީދުވަނީ މައުމޫނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ , އާއިލާ ދެކޮޅަށް ބައްސަވައިގެން ނުހުންނަވައި ގޯސް ރަނގަޅު ކުރައްވަން ގޮވާލައްވާފައެވެ.
އަލީވަހީދު ވިދާޅުވީ ގާސިމް އުމުރުން 67 އަހަރުގައި ކުޑަގޮޅީގައި ބާއްވާފައި , ވަޒީރު ކަމުގައި ގައްޔޫމުމެން ތިބީމާ މިކަމުގައި އިޙްލާސްތެރިކަން ހުރި މިންވަރާއި މެދު ސުވާލު އުފައްދާފައެވެ. އަދި މިވަގުތު ގައުމުގައި ހުންނެވި ހަމަ އެކަނި އިދިކޮޅު ލީޑަރުގެ ހައިސިއްޔަތުން މައުމޫނު ގައުމުން ބޭރުގައި ނުހުންނަވާ ގައުމަށް ވަޑައިގަތުމަށް ވެސް އަލީވަހީދު ވަނީ ގޮވާލާފައެވެ.
އެއްމެން އަނިޔާ ތަހައްމަލު ކުރަމުންދާއިރު މައުމޫނު އާއިލާ ދެކޮޅުން ފަރިއްކުޅުވަނީ: އަލީ ވަހީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ